އިނގިރޭސި ޕްރިމިއަރ ލީގުގައި މި ހަފުތާގައި ލިވަޕޫލް އަތުން މެންޗެސްޓާ ޔުނައިޓެޑް 3-0 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ކޯޗު އެރިކް ޓެން ހާގަށް، އެ ކުލަބުގެ ވެރިންގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ބުނެފިއެވެ.
މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގެ އަށް ވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓަށް ކިރިޔާވެސް ހިތްހަމަ ޖެހުމެއް މިދިޔަ ސީޒަނުގައި ލިބިގެން ގޮސްފައިވަނީ މެންޗެސްޓަރ ސިޓީ ބަލިކޮށް އެ ކްލަބަށް އެފްއޭ ކަޕް ކާމިޔާބު ކުރެވުމެވެ. 1990 ވަނަ އަހަރަށްފަހު, މީގެ ކުރިން އަށް ވަނައިގައި އޮވެ މެންޗެސްޓަރ ޔުނައިޓެޑް ލީގު ނިންމާލާފައެއް ނުވެއެވެ.
މި ސީޒަނުގައި މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު މެންޗެސްޓަރ ޔުނައިޓެޑް މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަދި ދެ މެޗުން ބަލިވެ މިވަގުތު އޮތީ ތާވަލުގެ 14 ވަނައިގަ އެވެ.
ޓެންހާގް އަށް ފާޑު ކިއުން އަމާޒުވެފައިވާއިރު, މެންޗެސްޓަރ ޔުނައިޓެޑްގެ ޗީފް އެގްޒެކްޓިވް އޮމަރު ބެރާޑާ ބުނެފައިވަނީ ޓެންހާގް އަކީ އެ ކްލަބަށް އެންމެ އެކަށީގެންވާ ކޯޗު ކަމަށާއި އޭނާއަށް ފުރިހަމަ އަށް އިތުބާރު އެބައޮތް ކަމަށެވެ. އަދި ކްލަބް އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ޓެންހާގް އާއި ވަރަށް ގާތުން މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި މަސައްކަތް ކުރެވުނު ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތް ކުރާނީ އެ ގޮތުގައި ކަމަށެވެ.
މި ސީޒަނުގައި މެންޗެސްޓަރ ޔުނައިޓެޑްގެ ފަރާތުން ފެންނަ ދަށް ކުޅުމަށް ސަޕޯޓަރުންގެ ފާޑު ކިއުންތައް އަމާޒުވެފައިވާއިރު, އެ ކްލަބުން މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ހަރަކާތްތެރިވެފައިވާ ގޮތަށްވެސް ވަނީ ފާޑު ކިއުންތައް އަމާޒުވެފަ އެވެ.