ޚަބަރު

ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތު ދުވަސް


މާފުށީ ޖަލުގެ ބައުންޑަރީ ވޯލްގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން ހެޑް އޮފީހާއި ޖަލުތަކުގެ މުވައްޒަފުން ގުޅިގެން ހާއްސަ މަސައްކަތު ދުވަހެއް އިއްޔެ ފާހަގަކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ އިއްޔެގެ މަސައްކަތުގައި ފާރު ރޭނުމަށް ބޭނުންވާ ކޯރުކޮނުމުގެ މަސައްކަތް ނިމިފައިވާކަމަށާއި، އެގޮތުން އިއްޔެގެ މަސައްކަތުން 150 ފޫޓްގެ ދިގުމިނުގެ ކޯރެއް ކޮނެފައިވާކަމަށެވެ. މާފުށީ ޖަލުގެ ބައުންޑަރީ ވޯލަކީ 20 ފޫޓް އުސް އަދި 1.4 ކިލޯ މީޓަރ ދިގު ފާރެކެވެ. މި ފާރުގެ ބިންގާ އަޅާފައިވަނީ 2014 އޮކްޓޯބަރ 26 ވަނަ ދުވަހުއެވެ. މިނިސްޓަރ ޢުމަރު ނަސީރު ފައްޓަވައިދެއްވި މި މަސައްކަތް ކުރަމުންގެންދަނީ އެމް.ސީ.އެސް ގެ ބެލުމުގެ ދަށުން ޤައިދީންވެސް ބޭނުންކޮށްގެންކަމަށް ކަރެކްޝަނަލް ސަރވިސްއިން މަޢުލޫމާތުދެއްވައެވެ. 

މި މަސައްކަތުގައި ހެޑް އޮފީހާއި މާލޭ ޖަލާއި އައްސޭރި ޖަލުގެ އިތުރުން ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގެ މުވައްޒަފުން ބައިވެރިވާކަމަށްވެސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއެވެ.