ބިރުދައްކައިގެން އަންހެނަކު ރަހީނުކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ދިވެހި ފިރިހެނަކު ގެއެއްގެ ތެރޭގައި އަންހެނަކު ބަންދުކޮށްގެން އަނިޔާކުރާކަށް ބުނެ ލިބުނު ރިޕޯޓަކާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވިކަމަށެވެ. އަދި އަންހެން މީހާ ސަލާމަތްކުރަން ފުލުހުން މަސައްކަތްކުރުމުން އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ފުލުހުންނަށް ބިރު ދެއްކިކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ވިދާޅުވީ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ސައިކަލެއްގައި އަރުވައިގެން ފިލަން އުޅުމުން ބާރުގެ ބޭނުންކޮށްގެން އަންހެން މީހާ ސަލާމަތްކޮށްފައިވާކަމަށެވެ.
ފުލުހުން ވިދާޅުވީ އަންހެން މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާކަމަށާއި، ނަމަވެސް އޭނާގެ ހާލު ރަނގަޅުކަމަށެވެ. އަދި މިމައްސަލާގައި ހިމެނޭ ފިރިހެން މީހާއަށް އަނިޔާވެފައިވާތީ އޭނާއަށް އޭޑީކޭގައި ފަރުވާ ދެމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ ތަހުޤީޤުކުރަމުންދާކަމަށެވެ.