ޚަބަރު

ފަޤީރުންގެ ލިސްޓް އެކުލަވާލުމުގެ މަސައްކަތް ފަށައިފި


ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ނަން ނޯޓު ކުރެއްވުމުގެ މަސައްކަތް ފަށްޓަވައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ނަންނޯޓުކުރުމުގެ މަސަކަތް ފަށްޓަވާފައިވާއިރު ފަޤީރެއްގެ ގޮތުގައި ނަންނޯޓް ކުރެވޭނީ، އާމްދަނީގެ ގޮތުގައި ދުވާލަކަށް 44 ރުފިޔާ ނުލިބޭ ކޮންމެ ފަރުދަކަށްކަމަށް އިސްލާމިކް އެފެއާޒް މނިސްޓްރީން ވިދާޅުވެއެވެ.

އަތޮޅުތަކުގައި ދިރިއުޅޭ ފަޤީރުންގެ ނަން ރަޖިސްޓްރީ ކުރުމަށް ފޯމު ދޫކުރުމާއި، ބަލައިގަތުން، އޮންނާނީ އެރަށެއްގެ  ރަށުކައުންސިލު އިދާރާތަގައެވެ.

ލ. އަތޮޅާއި ނ. އަތޮޅާއި ރ. އަތޮޅުގައި މިދިޔަ ބުރާސްފަތިން ފެށިގެން މިއަދުގެ ނިޔަލަށް ނަންނޯޓުކުރުމަށް ހަމަޖެހިފައިވާއިރު  ތ. އަތޮޅާއި، ގދ. އަތޮޅުގެ އިތުރުން އދ، އަތޮޅާއި، ޅ. އަތޮޅުގެ ރަށްތަކުގައިވެސް  މިއަދުން ފެށިގެން މިމަހުގެ 30 ގެ ނިޔަލަށް ފަގީރުންގެ ގޮތުގައި ނަންނޯޓުކުރުން ކުރިއަށްދާނެއެވެ. މިއަތޮޅުތަކުން ފަގީރުންގެ ގޮތުގައި ނަންނޯޓް ނުކުރެވޭ ރަށްތަކާއި އިތުރު އަތޮޅުތަކާއި، މާލޭގައި ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ ކަންކަން ކުރިއަށްގެންދަވާނީ އަންނަ ޖޫންމަސް ފެށޭހިސާބުގައިކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.