ޚަބަރު

ހަށިވިއްކުމުގެ ވިޔަފާރިކުރި 3 ބިދޭސީއަކާ އެޖެންޓް ޑީޕޯޓުކޮށްފި


  • އެމީހުން އަތުލާގަތީ ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިން

ހަށިވިއްކުމުގެ ވިޔަފާރިކުރި 3 ބިދޭސީއަކާ އެމީހުން އެޖެންޓް މޯލްޑިވްސް އިމިގްރޭޝަނުން ޑީޕޯޓްކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއްގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާއެކު އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މިމަހުގެ 11 ވަނަ ދުވަހު ހާއްސަ އިންސްޕެކްޝަނެއް ހިންގި ކަމަށެވެ.

މި އިންސްޕެކްޝަންގެ ތެރެއިން ޝާމިލްވާ ބިދޭސީ 03 އަންހެނުންނާއި އެމީހުންގެ އެޖެންޓުގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ ފިރިހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސް ތަހުޤީޤު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް އެ އެންމެންވެސް ޑީޕޯޓް ކޮށްފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އިތުރުން ބިދޭސީން ރާއްޖޭގައި ހިންގާ ވިޔަފާރިތައް ހުއްޓުވާ، ސަރުކާރުން ދަނީ އެފަދަ މީހުން ޑީޕޯޓްކުރަމުންނެވެ.