ޚަބަރު

ތިނަދޫ މިއުޒިއަމްޕާކްގައި ހިމެނޭ، ޕާކުގެ މަސައްކަތް ފަށައިފި


ތިނަދޫ މިއުޒިއަމްޕާކްގައި ހިމެނޭ، ޕާކުގެ އަމަލީ މަސައްކަތް މިއަދު ފައްޓަވައިފިއެވެ.

އެތަނުގައި ކުޑަކުދިންނަށްޚާއްސަކޮށްގެން ހަދާ ޕަކުގެ މަސައްކަތް ހަވާލުކުރައްވާފައިވަނީ މޯލްޑިވްސް ރޯޑްޑިވެލޮޕްމެންޓް ކޯޕަރޭޝަނާއެވެ.

އެ ކޯޕަރޭޝަންގެ މެނޭޖިންގޑިރެކްޓަރ އިބްރާހިމް ނަޒީމް ވިދާޅުވީ، އެތަނުގެ މަސައްކަތަށް ބޭނުންވާ ސާމާނު މިދިޔަ ހަފްތާގައި އެރަށަށް ގެންގޮސް މިއަދު މަސައްކަތް ފައްޓަވާފައިވާކަމަށެވެ. މިމަސައްކަތް ދޮޅުމަސް ދުވަސް ތެރޭގައި ނިމޭނެކަމަށް ނަޒީމް ވިދާޅުވިއެވެ.

ތިނަދޫގައި، ޒަމާނީ ކޮންސެޕްޓަކަށް، އިންޑޯރ ސްޕޯރޓްސް ކޮމްޕްލެކްސްއަކާއެކު ތަރައްޤީ ކުރާ މިއުޒިއަމް ޕާރކަކީ، ތިނަދޫގެ ތާރީޚާއި ރާއްޖޭގެ ތާރީޚް ރަމްޒުކޮށްދޭގޮތަށް ތަރައްޤީ ކުރައްވާތަނެކެވެ. އެތަން ތަރައްޤީ ކުރައްވަނީ، ހައުސިންގ މިނިސްޓްރީއާއި، ޔޫތް މިނިސްޓްރީ އާއި، އެމްޓީސީސީ އަދި އެމްއާރްޑީސީ ގުޅިވަޑައިގެންނެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުމަހު އެކުންފުނިތަކުން ސޮއި ކުރެއްވި މި މަޝްރޫއަށް، 25 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރައްވައެވެ.