ޚަބަރު

ރިއޯލޯ އޮފީހުން ވައްކަން ކުރިކަމަށް ތުހުމަތުކުރެވޭ 2 މީހުން ހައްޔަރުކޮށްފި


  • މައްސަލަ ރިޕޯޓުކޮށްފައިވަނީ އޮގަސްޓް 22 ވަނަ ދުވަހު

ރިއޯލޯ އޮފީހުން ވައްކަން ކުރިކަމަށް ތުހުމަތުކުރެވޭ 2 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

މ. ކަނީރުވިލާގައި ހުންނަ ރެއޯލޯ އޮފީހުން ވައްކަންކުރި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިމަހުގެ 22 ވަނަ ދުވަހުގައެވެ. ފުލުހުން ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މުހައްމަދު ކްރިކް ރިޒާ އާއި އަހުމަދު ނަސްރު ކަމަށެވެ.

ފުލުހުން ވަނީ އެ އޮފީހުން ވަގަށް ނެގި ތަކެތި ސީސީޓީވީ ފޫޓޭޖުން ބަލައިގެން ހޯދާފައެވެ. ފުލުހުން ވިދާޅުވީ އެ އޮފީހުން 2 ލެޕްޓޮޕާއި މޮބައިލް ފޯނުތަކެއްގެ އިތުރުން އެހެނިހެން ބައެެއް ތަކެތި ވަގަށް ނަގާފައިވާކަމަށެވެ.

މި މައްސަލަ ތަހުގީގުކުރަމުންދާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.