ޚަބަރު

އިސްލާމިކް އިންޝުއަރެންސަށް ޚާއްސަ ކުންފުންޏެއް އުފައްދަނީ !


އިސްލާމިކް އިންޝުއަރެންސްއަށް ޙާއްސަކޮށްގެން އިތުރު ސަބްސިޑަރީ ކުންފުންޏެއް އުފައްދަން އެސްޓީއޯއިން ނިންމައިފިއެވެ.

އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއްކަމަށްވާ އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް އިންޝުއަރެންސްގެ ޙިދުމަތް ފުޅާކުރުމަށްޓަކައި އުފައްދާ މި ކުންފުންޏާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަހީރު ވިދާޅުވީ އިސްލާމިކް އިންޝުއަރެންސްއަށް ޙާއްސަކޮށްގެން އުފައްދާ ކުންފުނި ކުރިއަށް އޮތް ތިން މަސް ދުވަސްތެރޭގައި ވުޖޫދަށް އަންނާނެ ކަމަށެވެ. އަދި މި ކުންފުނީގެ ވިޔަފާރި ރާއްޖެއިން ބޭރުގައިވެސް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ޝަހީރު ވިދާޅުވިއެވެ. 

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިތަކުގެ ގޮތުގައި 7 ކުންފުންޏެއް އޮންނަ އިރު އޭގެ ތެރޭގައި މޯލްޑިވްގޭސް އާއި ފިއުލްސަޕްލައި މޯލްޑިވްސް ހިމެނެއެވެ.