ޚަބަރު

ޔުނައިޓެޑް އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓެންހާގް ބުނެފި


މި ސީޒަނަށް މެންޗެސްޓަރ ޔުނައިޓެޑް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އިތުރު ކޮޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޓީމުގެ ކޯޗު އެރިކް ޓެންހާގް ބުނެފި އެވެ.

ޓްރާންސްފާ ދޮރު ބަންދުވުމުގެ ކުރިން އިތުރު ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ޓްންހާގް ބުނެފައިވާއިރު މިހާތަަނަށް އެ ޓީމުން ވަނީ ހަތަރު ކުޅުންތެރިއެއްގެ ސޮއި ހޯދާފަ އެވެ. އެއީ ފޯވަޑް ޖޯޝުއާ ޒިކްޒީ، ޑިފެންޑަރ ލެނީ ޔޯރޯ، މަތިސް ޑިލިޓް އަދި ނޮސައިރް މަޒްރޫއި އެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން މެންޗެސްޓަރ ޔުނައިޓެޑް އިން މިވަގުތު އެންމެ ބޮޑަށް މަސައްކަތް ކުރަމުންދަނީ ޕީއެސްޖީގެ މިޑްފީލްޑަރ މެނުއެލް އުގާޓޭ ހޯދުމުގެ މަސައްކަތެވެ. ނަމަވެސް އެކަމާއި ގުޅޭ ގޮތުން އެއްވެސް ކޮމެންޓެއް ޓެންހާގް ކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން ލޯނެއްގެ ދަށުން ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުންދިޔަ ޖޭޑަން ސަންޗޯ ވަނީ އެނބުރި މެންޗެސްޓަރ ޔުނައިޓެޑާއި ގުޅިފައެވެ. ނަމަވެސް ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ފުލަމް އާއި ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުގައި ސަންޗޯ ހިމަނާފައެއް ނުވެއެވެ.