ޚަބަރު

ބެލްޖިއަމްގެ ކޯޗަކަށް ޓެޑެސްކޯ ހުއްޓާ ދެން ގައުމީ ޓީމަށް ނުކުޅޭނެ ކަމަށް ކޯޓުއާ ބުނެފި


ބެލްޖިއަމްގެ ގައުމީ ޓީމުގެ ކޯޗަކަށް ޑޮމިނިކޯ ޓެޑެސްކޯ ހުއްޓާ ދެން ގައުމީ ޓީމަށް ނުކުޅޭނެ ކަމަށް އިތުބާރު ގޯލުކީޕަރ ޓިބާ ކޯޓުއާ ބުނެފި އެވެ.

2023 ވަނަ އަހަރު ގައުމީ ޓީމާއި ހަވާލުވި ޓެޑެސްކޯގެ އިރުޝާދުގެ ދަށުން ނިމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބެލްޖިއަމް ވަނީ ދެވަނަ ބުރުގައި ފްރާންސް އަތުން ބަލިވެ މުބާރާތުން ކަޓާފައެވެ. އަދި ޔޫރޯ ފުޓްބޯޅަ މުބާރަތަށް ދިޔަ ސްކޮޑުން ކޯޓުއާއަށް ފުރުސަތު ލިބިފައެއް ނުވެއެވެ.

ނިމިދިޔަ ސީޒަނުގައި ކޯޓުއާއަށް އަނިޔާވި ނަމަވެސް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުރިން އަނިޔާއިން ސަލާމަތްވެސް އޭނާ ވަނީ ރެއާލް މެޑްރިޑްއިން ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ފައިނަލް މެޗުގައި ކުޅެފައެވެ.

ކޯޓުއާ ބުނެފައިވަނީ މިއީ އުނދަގޫ ނިންމުމެއް ނަމަވެސް މިއީ އޭނާ އާއި ބެލްޖިއަމްގެ ގައުމީ ޓީމަށްވެސް މިވަގުތު އެންމެ ރަގަޅު ގޮތް ކަމަށާއި އަދި އޭނާގެ މި ނިންމުން ބެލްޖިއަމްގެ ފުޓްބޯޅަ ފެޑަރޭޝަނުން ގަބޫލުކޮށްފައިވާ ކަމަށެވެ.

ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު ގޯލު ކީޕަރުންގެ ތެރޭގައި ހިމެނޭ އުމުރުން 32 އަހަރުގެ ކޯޓުއާ ވަނީ ގައުމީ ޓީމަށް މިހާތަނަށް 102 މެޗު ކުޅެފައެވެ.