ޚަބަރު

މަގުމަތިން މީހަކަށް ވަޅިން ބިރުދައްކާ ފޯން ފޭރިގަތް މީހަކު ހައްޔަރުކޮށްފި


  • ހައްޔަރުކޮށްފައިވަނީ ގދ.ވާދޫ ބުރުނީގޭ އުމުރުން 26 އަހަރުގެ ޝާނާ މުހައްމަދު ޖުނައިދު

މާލޭގެ މަގުމަތިން މީހަކަށް ވަޅިން ބިރުދައްކާ އެމީހާގެ ފޯން ފޭރިގަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ.ވާދޫ ބުރުނީގޭ އުމުރުން 26 އަހަރުގެ ޝާނާ މުހައްމަދު ޖުނައިދުއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

މިމައްސަލަ ފުލުހުން ގެންދަނީ ތަޙްގީގުކުރަމުންނެވެ.