ހއ. ބާރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ސާވޭގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރްޑީސީން ފަށައިފިއެވެ.
ރަށްރަށުގެ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުތަކަކީ، އަތޮޅުތެރޭގެ ކުރިއެރުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރިއަށްގެންދާ މަސައްކަތްތަކެކެވެ.
ސަރުކާރުގެ ބަޖެޓުން 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ބާރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު އާރްޑީސީއާ ޙަވާލުކޮށްފައިވަނީ، 1280 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އާރްޑީސީން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އަމަލީ މަސައްކަތް ފެށުމަށް ކުރަންޖެހޭ ސާވޭގެ މަސައްކަތްތައް ކުރިޔަށްދާއިރު މި މަސައްކަތުގެ ތެރޭގައި ރަށުގެ އެތެރޭގެ މަގުތައް ނުހިމެނޭނެ ކަމަށާއި ހަދަނީ ހަމައެކަނި ވަށައިގެންވާ މަގު ކަމަށެވެ. މި މަސައްކަތުގެ ދަށުން ބާރަށުގެ ވަށައިގެންވާ މަގުގެ ޖުމްލަ 7.56 ކިލޯމީޓަރު ތާރުއަޅައިގެން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އާރްޑީސީން ވިދާޅުވިއެވެ.
އާރްޑީސީން ވިދާޅުވީ، މިހާރު ކުރިއަށްދަނީ މަގު ހެދުމަށް ބޭނުންވާ ތަފްސީލީ ޓޮޕޮގްރަފިކް، ޖިއޯޓެކްނިކަލް އަދި ހައިޑްރޮލޮޖިކަލް ސާވޭތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކަމަށެވެ. މީގެ އިތުރުން، މަޝްރޫޢުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރު ބަލާ ދިރާސާ ކުރުމަށް (އީ.އައި.އޭ) ހެދުމާއި، ފެން ހިންދާ ނިޒާމު ހިމެނޭހެން މަގުތަކުގެ ތަފްސީލީ ޑިޒައިން ތައްޔާރުކުރުން ވެސް މި މަރުހަލާގައި ކުރިއަށްދާނެއެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން، ހއ. ބާރަށު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ސާރވޭގެ މަސައްކަތްތައް ދަނީ ކުރަމުން.#TeamRDC pic.twitter.com/DkvPOid9UC
— Road Development Corporation Ltd (@rdcmaldives) May 12, 2026
އާރްޑީސީން އިތުރަށް ވިދާޅުވީ، މަގުތަކުގެ ފިނިޝިންގ މަސައްކަތްތަކުގެ ތެރޭގައި، މަގުގެ އާ ލެވެލްއާ އެއްގޮތަށް ޔުޓިލިޓީ ޖަންކްޝަންތަކަށް ބަދަލު ގެނައުމާއި، މަގުމަތީގެ ނިޝާންތައް ކުރެހުމާއި، ސްޕީޑް ބްރޭކަރުތަކާއި ޓްރެފިކް ބޯޑުތައް ހަރުކުރުން ހިމެނެއެވެ. އަދި މުޅި ސަރަޙައްދު އަލިކުރުމަށް ކޭބަލް އަޅައި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރެއިން ކުރިއަށްދާނެ ކަމަށެވެ.
ބާރަށު މަގު ހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، 26 މާރިޗު 2024 ގައެވެ. މި މަޝްރޫޢު ނިމުމުން ބާރަށުގެ ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބި، ރަށުގެ މަލަމަތި ޒަމާނީވެގެންދާނެ ކަމަށް އާރްޑީސީން ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، ކާބްސްޓޯން ޖެހުމާއި، ދުވާރު ހެދުމުގެ މަސައްކަތް ކުރިޔަށްދާނެ ކަމަށް އާރްޑީސީން މައުލޫމާތު ދެއްވައެވެ.
އާރްޑީސީން އިތުރަށް ވިދާޅުވީ، މަގުތަކުގެ ފިނިޝިން މަސައްކަތްތަކުގެ ތެރޭގައި، މަގުގެ އާ ލެވެލްއާ އެއްގޮތަށް ޔުޓިލިޓީ ޖަންކްޝަންތަކަށް ބަދަލު ގެނައުމާއި، މަގުމަތީގެ ނިޝާންތައް ކުރެހުމާއި، ސްޕީޑް ބްރޭކަރުތަކާއި ޓްރެފިކް ބޯޑުތައް ހަރުކުރުން ހިމެނެއެވެ. އަދި މުޅި ސަރަޙައްދު އަލިކުރުމަށްޓަކައި ކޭބަލް އަޅައި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރެއިން ކުރިއަށްދާނެ ކަމަށެވެ.
ބާރަށު މަގު ހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، 26 މާރިޗު 2024 ގައެވެ. މި މަޝްރޫޢު ނިމުމުން ބާރަށުގެ ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބި، ރަށުގެ މަލަމަތި ޒަމާނީވެގެންދާނެ ކަމަށްވެސް އާރްޑީސީން ވިދާޅުވިއެވެ.