ފަނަރަ އަހަރު ޖަރުމަނުގެ ގޯލު ބެލެހެއްޓުމަށްފަހު މެނުއަލް ނޯޔާ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ. އޭނާ އެކަން އިއުލާން ކޮށްފައިވަނީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގަ އެވެ.
2009 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށި ނޯޔާ ވަނީ މިހާތަަނަށް ގައުމީ ޓީމަށް 124 މެޗު ކުޅެދީފައެވެ. އަދި 2018 ވަނަ އަހަރުން ފެށިގެ މި އަހަރުގެ ކުރީކޮޅާއި ހަމައަށް އޭނާ ވަނީ ޖަރުމަންގެ ކެޕްޓަންކަންވެސް ކޮށްފަ އެވެ.
ނޯޔާ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު ޖަރުމަންގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރި ހަތަރުވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން ގުންޑޮގާން، ޓޯނީ ކްރޫސް އަދި ތޯމަސް މުލާ ވަނީ ގައުމީ ޓީމުން ރިޓަޔާ ކޮށްފަ އެވެ.
އުމުރުން 38 އަހަރުގެ ނޯޔާ ޖަރުމަނުގެ ގައުމީ ޓީމަށް އެންމެ ފަހުން ކުޅެފައިވަނީ ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލުގައި ސްޕޭނާއި ދެކޮލަށެވެ.
ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް 2025 ގެ ނިޔަލަށް ބަޔާން މިއުނިކާއިއެކު ސޮއިކޮށްފައިވާ ނޯޔާ ކްލަބް ފުޓްބޯޅައިން އަދި ފެނިގެންދާނެ އެވެ.