ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކޮށް އުތުރުގެ ބައެއް ސަރަހައްދުތަކަށް އޮރެންޖު އިންޒާރު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން އޮރެންޖު އިންޒާރު ނެރެފައިވަނީ ހއ، ހދ އަދި ށ އަތޮޅަށެވެ. އިންޒާރު ނެރެފައިވަނީ މިރޭ 8:30 އިން ފެށިގެން މިރޭގެ 10:30 އަށެވެ.
Orange warning issued for torrential rain with flooding. pic.twitter.com/OJP0rRzEqQ
— Maldives Meteorology (@MetMaldives) August 20, 2024
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އޮރެންޖު އިންޒާރު ނެރެފައިވާ ހއ، ހދ އަދި ށ އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނޭކަމަށް ލަފާކުރެވޭކަމަށެވެ.