އިންޑޮނޭޝިއާގެ ބަތަމްގައި ބޭއްވި 56 ވަނަ އޭޝިއާ ބޮޑީބިލްޑިން އެންޑް ސްޕޯޓްސް ފިޒީކް ޗެމްޕިއަންޝިޕުގައި ރަންވަނަ ހޯދި އެތުލީޓުން އެނބުރި ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
މަރުހަބާ ކިޔާފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އަދި ކުޅިވަރުގެ ބައެއް އިސްވެރިންނެވެ.
ރާއްޖެއިން ވަނީ މި މުބާރާތުގައި ދެ ރަން މެޑެލްއާއި އެއް ރިހި މެޑަލް ހޯދާފައެވެ.
އަޒްނީން ރަން މެޑަލް ސްޕޯޓްސް ފިޒީކްގެ 170 ސެންޓިމީޓަރު ކެޓަގަރީންނެވެ. އެއާއެކު އަޒްނީން ވަނީ ޖެހިޖެހިގެން ތިންވަނަ އަހަރު މި ކާމިޔާބީ ތަކުރާރުކޮށްފައެވެ. އެގޮތުން އަޒްނީން ވަނީ އެންމެ ފަހުން 2022 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭޝިއާ މުބާރާތާއި މިދިޔަ އަހަރު ނޭޕާލުގައި ބޭއްވި އޭޝިއާގެ ބޮޑީބިލްޑިން މުބާރާތުންވެސް ރަން މެޑަލް ހޯދާފައެވެ.
މީގެ އިތުރުން ދެން ރަން މެޑަލް ހޯދި އަހުސަން ރަން މެޑަލް ހޯދީ އެތުލެޓިކް ފިޒީކްގެ 175 ސެންޓިމީޓަރު ކެޓަގަރީންނެވެ. މިއީ މި ފަހަރުގެ އޭޝިއާ މުބާރާތުގައި ރާއްޖެއަށް ލިބުނު ތިންވަނަ މެޑަލްއެވެ. އެގޮތުން ރާއްޖޭގެ ޝާހީން އިބްރާހީމް ދީދީ ވަނީ މި މުބާރާތުގެ 60 ކިލޯ ކެޓަގަރީން ރިހި މެޑަލް ހޯދާފައެވެ.
ޝާހީންއަށް ވަނީ މީގެ ކުރިން އޭޝިއާގެ މުބާރާތަކުން ރަން މެޑަލް ލިބިފައެވެ. އެ ގޮތުން 2017 ވަނަ އަހަރުގެ އޭޝިއާ ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕްގެ 55 ކިލޯ ކެޓަަގަރީން އޭނާ ވަނީ ރަން މެޑަލް ހޯދާއެވެ. އެެއާ އެކު ޝާހީން ވެފައިވަނީ އޭޝިއާ ބައްރުގެ މުބާރާތަކުން ރަން މެޑަލް ހޯދައިދިން ރާއްޖޭގެ ފުރަތަމަ އެތުލީޓަށެވެ.
މި އެތުލީޓުންގެ އިތުރުން އޭޝިއާގެ މުބާރާތަކުން ދެން ރާއްޖެއަށް ރަން މެޑަލް ހޯދައިދިނީ މުޙައްމަދު މޫސާއެވެ. އެއީ، ކ. މާފުށީގައި 2022 ވަނަ އަހަރު ބޭއްވި އޭޝިއާ ބޮޑީބިލްޑިން މުބާރާތުގެ 55 ކިލޯ ކެޓަގަރީންނެވެ.
މުބާރާތުގައި ރާއްޖެއަށް ރިހި މެޑަލް ހޯދައިދިނީ ޝާހީން އިބްރާހިމް ދީދީ އެވެ. އޭނާ ރިހި މެޑަލް ހޯދާފައިވަނީ ފިޒީކް ޗެމްޕިއަންޝިޕުގެ 60 ކިލޯ ކެޓަގަރީގައި ވާދަކޮށްގެންނެވެ.
މިއީ އޭޝިއާގެ މުބާރާތަކުން ޝާހީން އަށް ލިބުނު ދެވަނަ މެޑަލް އެވެ. މީގެކުރިން ޝާހީން ވަނީ، 2017 ވަނަ އަހަރުގެ އޭޝިއާ ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕުން ރަންމެޑަލް ހޯދާފައެވެ. އެއާއެކު، އޭނާ ވެފައިވަނީ އޭޝިއާ ބައްރުގެ މުބާރާތަކުން ރަން މެޑަލެއް ހޯދައިދިން ރާއްޖޭގެ ފުރަތަމަ އެތުލީޓަށެވެ.