ޚަބަރު

މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރާކަމުގެ ތުޙުމަތުގައި ގައްދޫން މީހަކު ހައްޔަރުކޮށްފި


  • 96 ގްރާމުގެ މަސްތުވާތަކެތި ވަނީ ފެނިފައި

  • ބަންދަށް 15 ދުވަސް ވަނީ ޖަހާފައި

މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ގދ.ގައްދޫން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ހައްޔަރުކޮށްފައިވަނީ ގދ.ގައްދޫ، ފާހަގަ، އަލީ ނާސިރު (38 އަހަރު) ކަމަށެވެ.

ކޯޓު އަމުރެއްގެދަށުން އޭނާ ހައްޔަރުކޮށް ބަލާ ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި އޭނާގެ އަތުން ފެނިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 96.45 ގުރާމެވެ.

މި މައްސަލައާއި ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތު ވަނީ ޖަހާފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.