ޚަބަރު

މުޙަންމަދު ޒާހިރު ނަޞީރުގެ ޖަނާޒާ ބާއްވަވައިފި


ނިޝާން އިއްޒުއްދީނުގެ ޢިއްޒަތްގެ ވެރިޔާ މުޙަންމަދު ޒާހިރު ނަޞީރުގެ ޖަނާޒާ ބާއްވަވައިފިއެވެ. 

މަރްޙޫމް ޒާހިރު ނަޞީރުގެ ޖަނާޒާ ބާއްވާފައިވަނީ އަޞްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ބޭއްވުނު ކަށުނަމާދަށްފަހު މާފަންނު އާސަހަރާގައެވެ. އެމަނިކުފާނުގެ މައްޗަށް އިމާމުވެ ކަށު ނަމާދު ކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމެވެ. 

ޒާހިރު ނަސީރުގެ ޖަނާޒާގައި ސަރުކާރުގެ އިސްބޭފުޅުންނާއި ކުޅިވަރު ދާއިރާއާއި އެހެނިހެން ވަރަށް ގިނަ ފަރާތްތަކަކުން ބައިވެރިވިއެވެ. 

މުޙަންމަދު ޒާހިރު ނަޞީރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއްވުމަށްފަހު، ރޭ ފަތިހުގެ ވަގުތެއްގައި މާފަންނު މެރީގޯލްޑްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ، 87އަހަރެވެ.