ރަޝިޔާގެ ކުރުސްކް ސަރަޙައްދުގައި މިވަގުތު ނުރައްކާތެރި ޙާލަތެއް އޮތުމުން އެސަރަޙައްދުގައި ދިރިއުޅެމުންދާ ދިވެހީން ރައްކާތެރިކަމާއި ސަލާމަތްތެރިކަމަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވުމަށް ދިވެހި ޚާރިޖިއްޔާއިން އިލްތިމާސްކުރައްވައިފިއެވެ.
ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިހާރު ހިނގަމުންދާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ދިވެހި ދަރިވަރުން ތިބި ސަރަޙައްދެއްކަމަށްވާ ކުރުސްކް މިވަގުތު އޮތީ ނުރައްކާތެރި ޙާލަތެއްގައިކަމަށެވެ. އެހެންކަމުން ދިވެހި ޚާރިޖީ ވުޒާރާއާއި ރަޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ދަނީ ކުރުސްކް ސަރަޙައްދުގައި ތިބި ދިވެހި ކިޔަވާކުދިންގެ ހާލު ގާތުންކަމުންކަމަށް މިބަޔާނުގައިވަނީ ވިދާޅުވެފައެވެ. އަދި މިދަނޑިވަޅުގައި ކުރުސްކްގައި ދިރިއުޅޭ ދިވެހީންނާއި އަދި އެކި ބޭނުންތަކުގައި އެސަރަޙައްދަށް ދަތުރުކުރާ ދިވެހީންވެސް އަމިއްލަ ސަލާމަތަށް އިސްކަންދިނުމަށް އެވުޒާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ.
ކުރުސްކް ސަރަޙައްދަށް ކުރިމަތިވެފައިވާ ނުރައްކަލުގެ މިދަނޑިވަޅުގައި އެސަރަޙައްދުގައި ދިރިއުޅޭ އެއްވެސް ދިވެއްސަކަށް އެހީތެރިކަން ބޭނުންވާނަމަ އެކަން ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީއަށް އެންގުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ.
މިހާރު ކުރިއަށްދާ ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގައި ކުރުސްކް ސަރަޙައްދަށްވެސް ހަމަލާ ދެމުންދާއިރު އެއީ ގިނަ ޢަދަދެއްގެ ދިވެހި ދަރިވަރުން މެޑިސިންއާ ގުޅޭ ދާއިރާތަކުން ކިޔެވުމަށް ގޮސްއުޅޭ ސަރަޙައްދެކެވެ.