ޚަބަރު

މާގިނައިން ޑައިވްކުރި މީހަކަށް ޑިކޮމްޕްރެޝަން މައްސަލަތަކެއް !


އެންދަމަށް ޑައިވިނަށް ފައިބައިގެން އުޅުމުގެ ތެރޭގައި ޑިކޮމްޕްރެޝަންގެ މައްސަލަ ކުރިމަތިވި މީހަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ސަދަން އޭރިއާގެ ކުރަނގި ހެލިކޮޕްޓަރު ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެންދަމަށް ހަތަރު ފަހަރެއްގެ މަތިން ޑައިވިނަށް ފޭބުމާ ގުޅިގެން ޑިކޮމްޕްރެޝަންގެ މައްސަލަ ދިމާވީ، އުމުރުން 32 އަހަރުގެ ގދ.ގައްދޫ، ގްރީންވިލާ މުޙައްމަދު އަފްރާޙްއަށްކަމަށެވެ. އޭނާއަށް ގދ.ގައްދޫ ހެލްތު ސެންޓަރުގައި ފަރުވާ ދީފައިވާއިރު، އޭނާއަށް އިތުރު ފަރުވާ ދިނުމަށްޓަކައި ސަންގްރިއްލާ ވިލިގިލީ ރިސޯޓްގެ ޑިކޮޕްރެޝަން ޗެމްބަރަށްލުމަށްޓަކައި ކުރަނގި ހެލިކޮޕްޓަރުގައި އޭނާ ގޮވައިގެން ގދ.ގައްދޫން ފުރައިގެން ސަންގްރިއްލާ ވިލިގިލީ ރިސޯޓަށް ދިޔުމަށް ދަނީ ދަތުރުކުރަމުންކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ