މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެފައިވާ މިދަނޑިވަޅުގައި ބަރު އުޅަނދުތައް މާލޭގެ މަގުތަކުގައި ނުދުއްވުމަށް ދިވެހި ފުލުންގެ ޚިދުމަތުން އިލްތިމާސްކުރައްވައިފިއެވެ.
މިއަދު ހެނދުނުން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވަމުންދިޔުމާގުޅިގެން މާލޭގެ ބޮޑު ސަރަޙައްދެއްގައިވަނީ ފެންބޮޑުވެފައެވެ. އެހެންކަމުން ފެންބޮޑުވުމުގެ ސަބަބުން ބައެއް ގޭގެއަށް ފެން ވަނުމުގެ ޙާދިސާތައް ހިނގަމުންދާކަން ފާހަގަކުރައްވައި ފުލުހުންވަނީ ފެން ހިނދި ޢާއްމު ހާލަތަށް މަގުތަށް އަންނަންދެން ބަރު އުޅަނދުތައް މާލޭގެ މަގުތަކުގައި ނުދުއްވުމަށާއި ހަތަރު ފުރޮޅުލީ އުޅަނދުތައް ޒަރޫރީ ބޭނުންތަކުގައި މެނުވީ ނުދުއްވުމަށް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ.
— Maldives Police (@PoliceMv) August 13, 2024
ފުލުހުން މިހެން ވިދާޅުވެފައިވާއިރު ބަރު އުޅަނދުތައް މިވަގުތުގައި ދުއްވުމުގެ ސަބަބުން ގެތަކަށާއި ފިހާރަތައް ފެންވަނުމުގެ ޙާދިސާތައް ދަނީ ހިނގަމުންނެވެ. އެހެންކަމުން މިގޮތަށް ޢަމަލު ނުކުރުމަށް ކަމާބެހޭ ފަރާތްތަކުން އެދިވަޑައިގަންނަވައެވެ.
ހެނދުނުން ފެށިގެން މެންދުރުފަހު 3 ޖެހުމާހަމައަށް މާލެ ސަރަހައްދަށްވަނީ 71 މިލިލީޓަރުގެ ވާރޭ މާލެ ސަރަޙައްދަށް ވެހުނުކަމަށް ރިކޯޑުކުރެވިފައެވެ.