ޚަބަރު

ހޯރަފުށީގައި ޕޮލިސް ސްޓޭޝަނެއް ޤާއިމްކުރަނީ


ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ އެއްބަސްވުމުގައި މޯލްޑިވްސްޕޮލިސް ސަރވިސް އާއި އަމީން ކޮންސްޓްރަކްޝަނާ ދެމެދު ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގގައި އޮތްރަސްމިއްޔާތުގައި ފުލުހުންގެ ފަރާތުން މި އެއްބަސް ވުމުގައި ސޮއިކުރެއްވީ ސަރވިސްސަޕޯޓް ޑައިރެކްޓްރޭޓްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދުމުޙައްމަދުއެވެ. އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން މި އެއްބަސްވުމުގައިސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ޢަބްދުﷲ މުޙައްމަދުއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްއަޙްމަދު މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެސަބަބުން ފުލުހުންގެ ޚިދުމަތް އަތޮޅުތަކަށް ފުޅާކުރުމަށް ފުލުހުން ކުރަމުންދާމަސައްކަތްތަކަށް ލިބުނު ވަރަށްބޮޑު ކާމިޔާބެއްކަމަށް ވިދާޅުވިއެވެ. އަދިހޯރަފުށީގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކީ ޑިވިޜަން ލެވަލްގައި ޤާއިމްކުރެވޭސްޓޭޝަނެއްކަން ފާހަގަކުރައްވައި މި އިމާރާތަކީ ޒަމާނީ ފެންވަރަށް އިމާރާތްކުރެވިޒަމާނީ ވަސީލަތްތަކާއެކު އިމާރާތްކުރެވިގެންދާނެ ސްޓޭޝަނެއްކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ހޯރަފުށި ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަސައްކަތްތައްފެށިގެންދާއިރު ހޯރަފުށި ހިމެނޭ ސަރަޙައްދަކީ ކުރިއަށް އޮތްތަނުގައި ތަރައްޤީގެބޮޑެތި މަސައްކަތްތަކެއް ކުރިއަށްދާނެ ސަރަޙައްދަކަށްވާތީ އެކަމަށް ވާންޖެހޭތައްޔާރީތައް ވުމަށްޓަކައި ދުރާލައި ފުލުހުން ވަމުންދާ ތައްޔާރީތަކުގެ ތެރެއިންފެށުނު މަސައްކަތެއްކަމަށް ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން އިމާރާތްކުރާ ޕޮލިސް ސްޓޭޝަންގައި 2 ބުރީގެ އޮފީސްއިމާރާތަކާއި 3 ބުރީގެ އެކަމަޑޭޝަން އިމާރާތެއްގެ އިތުރުން ގޮޅިބަރިއަކާއި ވެހިކަލްޕާކްކުރާނެ ސެޑެއް ހިމެނޭކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. އަދި މި ޕޮލިސްސްޓޭޝަންގައި ހިމެނޭ އެކަމަޑޭޝަން އިމާރާތުގައި ބަދިގެއަކާއި މެސްރޫމާއި ސްޓޯރޭޖްރޫމަކާއި ލޯންޑްރީ ރޫމަކާއި ރެކްރިއޭޝަން ރޫމަކާއި ނަމާދުކުރާނެ ކޮޓަރިއެއްވެސް ހިމެނޭކަމަށްފުލުހުން މަޢުލޫމާތުދެއްވައެވެ. އަދި ޕޮލިސް ސްޓޭޝަންގައި ހިމެނޭ އޮފީސްއިމާރާތުގައި އެޑްމިނިސްޓްރޭޝަނާއި އިންވިއު ރޫމްތަކާއި ރިސެޕްޝަނާއި މީޓިންގރޫމަކާއި ކުލާސް ރޫމަކާއި އިންޗާޖް އޮފީހަކާއި އޮޕަރޭޝަން ރޫމެއްވެސް ހިމެނޭނެކަމަށްފުލުހުން މަޢުލޫމާތުދެއްވައެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން މަސައްކަތް ފަށާތާ 1 އަހަރުދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާކަމަށާއި، ހޯރަފުށި ޕޮލިސް ސްޓޭޝަންއިމާރާތުގެ ބިންގާ މި މެއިމަހުގެ 31 ވަނަ ދުވަހު އެޅުމަށް ހަމަޖެހިފައިވާކަމަށްފުލުހުން މަޢުލޫމާތުދެއްވައެވެ.