ޚަބަރު

ވައިސް ޗީފް، ކުތާރުގެ ކޮމާންޑަރާއި ބައްދަލުކުރައްވައިފި


އިންޑިއާގެ އަސްކަރީ މަނަވަރު އައި.އެން.އެސް ކުތާރުގެ ކޮމާންޑިންގ އޮފިސަރ، ކޮމާންޑަރ ރިޝީ ރާޖް ކޯލީ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ވިދާޅުވީ މިއަދު ހެނދުނު ބަންޑާރަކޮށީގައި ބޭއްވި މި ޒިޔާރަތުގައިި، އައިއެންއެސް ކުތާރުގެ ކޮމާންޑިންގ އޮފިސަރ ވަނީ އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން ކުރިއަށްގެންދާ ޖޮއިންޓް ސަރވިސް ޕެޓްރޯލާބެހޭ މަޢުލޫމާތު ވައިސް ޗީފް އޮފް ޑިފެންސް ފޯސްއާ ހިއްސާ ކުރައްވާފައެވެ. 

img:http://s2.psmnews.mv/images/660x400/14640922181094.jpg|އައި.އެން.އެސްގެ ކޮމާންޑަރ އެމްއެންޑީއެފަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް

މި ބައްދަލުކުރެއްވުމުގައި ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނެންޓް ކާނަލް މުޙައްމަދު ސަލީމާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ކެޕްޓަން ޕްރަޝާންތު ހާންޑޫގެ އިތުރުން، އައިއެންއެސް ކުތާރުގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.