މަޝްހޫރު ވިޔަފާރިވެރިޔާ މޫސާ މުޙައްމަދުފުޅު (ހުވަނދުމާ މޫސާފުޅު) އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސާ މުޙައްމަދުފުޅު (ހުވަނދުމާ މޫސާފުޅު) އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، މަރުޙޫމުގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެ، ޢާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުޢާކުރައްވާފައެވެ.
މޫސާ މުޙައްމަދުފުޅުގެ މޫނު ދެއްކުން ކުރިއަށްދަނީ ހެނދުނު 8 ފެށިގެން އިސްލާމީ މަރުކަޒުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މައްޔިތާގެ މޫނު ދެކެވަޑައިގަތުމަށް އިސްލާމީ މަރުކަޒަށް ވަޑައިގެންފައެވެ.
މޫސާ މުޙައްމަދުފުޅަކީ ދިވެހިރާއްޖޭގެ ތަޖްރިބާކާރު ވިޔަފާރިވެރީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފަރާތެކެވެ. އެގޮތުން ހުދުމާ ވިޔަފާރިއަކީ އޭނާގެ ވިޔަފާރިއެވެ. މިއީ ފޮއްޗާއި، ފޭރާން އަދި ސްކޫލް ކުދިންނަށް ބޭނުންވާ ޔުނީފޯމު ފަދަ ތަކެތި ވިއްކުމަށް މަޝްހޫރު ފިހާރައެކެވެ. ހުދުމާއިން މާލޭގެ އިތުރުން އަތޮޅުތަކަށްވެސް ފޭރާމާއި ފޮތި އަގުހެޔޮކޮށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތް ކުރެއެވެ.
މޫސާ މުޙައްމަދުފުޅު އަވަހާރަވީއިރު އުމުރުފުޅަކީ 82 އަހަރެވެ.