ޚަބަރު

ޓީ20 ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލްގައި މިލާން އާއި ސީބީއެލް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޓީ20 ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގައި މިލާން އާއި ސީބީއެލް ބައްދަލުކުރާނެއެވެ.
 
އެކުވެނީގެ އެއްނަންބަރ ދަނޑުގައި ކުޅޭ ވާދަވެރި ފައިނަލް ފައިނަލް މެޗުގައި މި ދެޓީމު ވާދަކުރާއިރު މިލާން އަކީ މި މުބާރާތުގެ އެއްމެ ފަހުގެ ޗެމްޕިއަން ޓީމެވެ.
 
ސީބީއެލް އާއި މިލާން ފައިނަލްގައި ބައްދަލުކުރާއިރު މިލާން ޓީމުގައި ރާއްޖޭގެ ގައުމީ ޓީމުގެ ފަސް ކުޅުންތެރިން ހިމެނެއެވެ. އެޓީމު ފައިނަލަށް ނިކުންނަނީ ސަތޭކަ ޕަސަންޓް ދިވެހި ކުޅުންތެރިންނާއެކުގައެވެ. ސީބީއެލް ޓީމަށް ބަލާއިރު އެޓީމުގައި ތިބީ ރާއްޖޭގައި މަސައްކަތްކުރާ ލަންކާގެ ކުޅުންތެރިންނެވެ. މި ކުޅުންތެރިންނަކީ މިދިޔަ އަހަރު ފައިނަލްގައި މާލޭ ވެޓަރަންސްއަށް މިލާން އާއި ދެކޮޅަށް ކުޅުނު ކުޅުންތެރިންނެވެ.

މިއަހަރުގެ ގައުމީ ލީގުގައި ސީބީއެލް އާއި މިލާން ބައްދަލުކޮށްފައިވާއިރު އެ މެޗު މިލާން އިން ކާމިޔާބުކޮށްފައި ވަނީ އަށް ވިކެޓުން ނެވެ.
 
ލީގުގެ އެއްވަނަ ޓީމަކީ މީލާން އެވެ. ލީގުގެ ދެވަނަ މަގާމު ހޯދީ މާލޭ ސްޕޯޓްސް އެވެ. ސެމީގެ ފުރަތަމަ މެޗުގައި މި ދެޓީމު ކުޅެގެން މިލާން ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކުރިއެވެ. އެ މެޗުގައި މިލާން ކުޅެންއަރާ  17 އޯވަރު 175 ލަނޑު، 20 އޯވަރުތެރޭގައި 2 ކުޅުންތެރިން ނުބައިވެގެން މެޗު ކާމިޔާބުކުރިއެވެ. ޔޫސުފް އަޒިޔާން 100 ލަނޑު، އާދަމް ނާސިފު 36 ލަނޑު. ސައިދުލް އަދި ނީސަމް ކޮންމެ އުކުންތެރިއެއް އެއްވިކެޓް އެ މެޗުގައި ނަގާފައިވެއެވެ.
 
ސީބީއެލް ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުން ބަލިވި މާލޭ ސްޕޯޓްސް އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްގެންނެވެ.

ސީބީއެލްއާއި މިލާން ބައްދަލުކުރާ ފައިނަލް މެޗު ކުރިއަށްދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރ ދަނޑުގައެވެ. ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ 13:30 ގައެވެ. މި މެޗު ޔެސް ޓީވީން ވަގުތުން ގެނެސްދޭއެވެ