ނޭޕާލުން: އިސްމާޢީލް ޝާހު
ކާވާ ވިމެންސް ވޮލީބޯލް ނޭޝަންސް ލީގުގައި މުބާރާތް ބާއްވާ ނޭޕާލް އާއި އިންޑިއާ ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެއެވެ.
އިންޑިއާ މޮޅުވެފައިވަނީ އީރާނާއި ވާދަކޮށް 3-1 ސެޓުންނެވެ. މި މެޗު އިންޑިއާ އިން ކާމިޔާބުކުރީ 25-20، 25-18، 19-25 އަދި 25-11 އިންނެވެ.
ނޭޕާލްގެ ޓްރިޕޫރޭޝްވަރުގައި ހުންނަ ނޭޝަނަލް ސްޕޯޓްސް ކައުންސިލްގެ ހޯލުގައި ކުޅުނު މެޗުގައި އީރާނުން ވަނީ އިންޑިއާއަށް ޗެލެންޖްކޮށްފައެވެ. ނަމަވެސް ހުނަރުގެ ގޮތުން އިންޑިއާ މާ ބޮޑަށްވެސް ތަފާތެވެ.
ފުރަތަމަ ސެޓު ވާދަވެރިވެގެން ދިޔައެވެ. ވާދަވެރިކަމާއެކު ފުރަތަމަ ސެޓު އިންޑިއާއިން ކާމިޔާބުކުރީ 25-20 އިންނެވެ. ދެވަނަ ސެޓު އިންޑިއާއިން ކާމިޔާބުކުރީ 25-18 އިންނެވެ.
ތިންވަނަ ސެޓު 25-19 އިން އީރާނުން ކާމިޔާބުކުރި ނަމަވެސް ހަތަރުވަނަ ސެޓުގައި އީރާނަށް ތަފާތެއް ނުދެއްކުނެވެ. މި ސެޓު ޑޮމިނޭޓްކޮށް އިންޑިއާއިން ވަނީ ހަތަރުވަނަ ސެޓު 25-11 އިން ކާމިޔާބުކޮށްފައެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ނޭޕާލް މޮޅުވީ ސްރީލަންކާ އަތުން ސީދާ ތިން ސެޓުންނެވެ.
މި މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ނޭޕާލް، އިންޑިއާ، ސްރީލަންކާ އަދި އީރާނެވެ.