ޚަބަރު

އެމްޑީޕީ ޤައުމީ މަޖިލީހުގެ ބައި-އިލެކްޝަން މާދަމާ، ވޯޓުލާ މަރުކަޒުތައް ބަދަލުވެފައި


  • ވޯޓުލުން ކުރިއަށްދާނީ ހުކުރު ދުވަހު

އެމްޑީޕީ ޤައުމީ މަޖިލީހުގެ ބައި-އިލެކްޝަންގެ ވޯޓްލުން ކުރިއަށްގެންދާ މަރުކަޒުތަކަށް ބަދަލު ގެނެސްފިއެވެ.

އެމްޑީޕީން ކުރިން ވޯޓްލާ މަރުކަޒުގެ ގޮތުގައި ކަނޑައަޅާފައިވަނީ އަމީނިއްޔާ އަދި އިސްކަންދަރު ސްކޫލްއެވެ. ނަމަވެސް އެމްޑީޕީން ބުނީ އަމީނިއްޔާ އަދި އިސްކަންދަރު ސްކޫލުގައި ޕެރޭޑުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާތީ ވޯޓުލާ މަރުކަޒުތަކަށް ބަދަލު ގެނައީކަމަށެވެ. އެގޮތުން މާދަމާ ބާއްވާ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ ތާޖުއްދީން އަދި ހިރިޔާ ސްކޫލުގައި ކަމަށް އެމްޑީޕީން ބުންޏެވެ.

އިންތިޚާބުގައި ވޯޓުލުން ކުރިއަށް ގެންދާނީ މާދަމާގެ މެންދުރު 14:00 އިން ރޭގަނޑު 21:30 އާއި ހަމައަށެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓު އެޕާޓީން މިހާރު ވަނީ އާންމުކޮށްފައެވެ. އެގޮތުން 25 ދާއިރާއަކަށް 10،683 މީހުން ވޯޓުލާނެއެވެ. މި ލިސްޓު އެ ޕާޓީގެ ވެބްސައިޓުގައި މިހާރު ވަނީ ޝާޢިއުކޮށްފައެވެ.

މިބައި-އިލެކްޝަންގައި މާލޭ ސަރަޙައްދުގައި 20 ފޮށްޓެއް ބަހައްޓާއިރު، ރަށްރަށުގައި 24 ފޮޓެއް ބަހައްޓާނެއެވެ.