ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މިހާގެ ހާލު ސްޓޭބަލްކަަމަށް އައިޖީއެމްއެޗްއިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އައިޖީއްމްއެޗްގެ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އެހޮސްޕިޓަލުގެ ސަރޖިކަލް ވޯޑުގެ ހައިޑިޕެންޑެންސީ ޔުނިޓްގެ ފަރުވާދެމުންދާކަމަށެވެ. މި މިހާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އިރުއޮއްސި 6:17 ހާއިރުއެވެ.
ބަލިމީހާގެ ލޮލާއި އަތައް ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި އިތުރަށް ލިބިފައިވާ ގެއްލުންތައް ހޯދުމަށް ޓެސްޓުކުރަމުންދާކަމަށް އައިޖީއެމްއެޗްއިން ވަނީ ބުނެފައެވެ. މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 31 އަހަރުގެ ދިވެހި ފިރެހެނަކަށެވެ.
ފުލުހުން ވިދާޅުވީ ހުޅުމާލެ ދެވަނަފިޔަވަހީގަ ވިނަރެސް ފްލެޓްތައް ކައިރީގައި ކާރަކުން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގެ ރިޕޯޓު ލިބިފައިވަނީ މެންދުރުގެ ވަގުތެއްގައިކަމަށެވެ.
އެ އެކްސިޑެންޑް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މަގުގެ އެއް ފަރާތުގައި މީހަކު އިށީދެއިން ސައިކަލެއްގައި ޖެހިގެންކަމަށް ފުލުހުން ވިދާޅުވިއެވެ.
މިއެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވި މީހާ އެކްސިޑެންޓްވުމުން ފިލައިގެން ގޮސްފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއެވެ.