ދުނިޔެ

ސްރީލަންކާއަށް އެހީވުމަށް އިންޑިޔާއިން އެހީގެ ތަކެތި ގެންގޮސްފި


ސްރީލަންކާގައި ފެންބޮޑުވުމުގެ ސަބަބުން ޙާލުގައިޖެހިފައިވާ މީހުންނަށް އެހީވުމަށް އިންޑިޔާ ސަރުކާރުން ފޮނުވި ދެ މަނަވަރާއި އަސްކަރީ މަތިންދާބޯޓު ސްރީލަންކާއަށް ހިނގައްޖެއެވެ. img:http://s3.psmnews.mv/images/660x400/14638339522007.jpg|އެހީގެ ތަކެތި ހިފައިގެން އިންޑިޔާއިން ސްރީލަންކާއަށް ފޮނުވި އެހީގެ ތަކެތި ބޭލުން - ފޮޓޯ: ޓްވިޓަރ

ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އިންޑިޔާ ސަރުކާރުން ފޮނުވި އައި.އެން.އެސް. ސުނައިނާ އާއި އައި.އެން.އެސް ސުޓްލެޖް މިހާރު ކޮލޮމްބޯގައި ބަނދަރުކޮށްފައިވާއިރު، އެހީގެ ތަކެއްޗާއި ކުއްލި ޙާލަތުގައި އެހީވުމަށް އިންޑިޔާއިން ފޮނުވި ސީ-ސަތާރަ މަރުކައިގެ އަސްކަރީ މަތިންދާބޯޓުން އެހީގެ ތަކެތި ބޭލުމާއެކު އެހީވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. img:http://s3.psmnews.mv/images/660x400/14638339336432.jpg|އެހީގެ ތަކެތި ހިފައިގެން އިންޑިޔާއިން ސްރީލަންކާއަށް ފޮނުވި އެހީގެ ތަކެތި ބޭލުން - ފޮޓޯ: ޓްވިޓަރ

ވޭތުވެދިޔަ 4 ދުވަހު ސްރީލަންކާއަށް މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެޤައުމުގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެންދިމާއި ކިސަޑު ފޭބުމުގެ ގިނަ ޙާދިސާތަކެއް ވަނީ ހިނގާފައިވެއެވެ. img:http://s2.psmnews.mv/images/660x400/14638339058701.jpg|އެހީގެ ތަކެތި ހިފައިގެން އިންޑިޔާއިން ސްރީލަންކާއަށް ފޮނުވި އެހީގެ ތަކެތި ބޭލުން - ފޮޓޯ: ޓްވިޓަރ މި ޙާދިސާތަކުގައި މިހާތަނަށް ސަތޭކަ ފަންސާހެއްހާ މީހުން ގެއްލިފައިވާއިރު 60 މީހުން މަރުވެފަވާކަމަށް އެޤައުމުން ބުނެއެވެ. ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި ސްރީލަންކާއަށް ކުރިމަތިވި ފެންބޮޑުވުމުގެ އެންމެ ބޮޑު މި ޙާދިސާގައި އެޤައުމުގެ އެކި ސަރަޙައްދުތަކުގައި ޙާލުގައިޖެހިފައިވާ ފަރާތްތަކަށް އެހީވުމުގެ މަސައްކަތް ސްރީލަންކާގެ އަސްކަރިއްޔާއިން އަންނަނީ ކުރަމުންނެވެ. img:http://s1.psmnews.mv/images/660x400/14638338847171.jpg|އެހީގެ ތަކެތި ހިފައިގެން އިންޑިޔާއިން ސްރީލަންކާއަށް ފޮނުވި އެހީގެ ތަކެތި ބޭލުން - ފޮޓޯ: ޓްވިޓަރ