ޚަބަރު

އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް، ނައިބު ރައީސް ކުރެއްވި ދަތުރުފުޅު ނިންމަވައިލައްވައިފި


  • ނައިބު ރައީސްވަނީ މިމުބާރާތުގައި ބައިވެރިވާ ދިވެހި ވަފުދާއި ބައްދަލުކުރައްވައި ހިތްވަރުދެއްވާފައި

  • ޓޭބަލް ޓެނިސް، އަންހެން ސިންގަލްސް ޕްރިލިމިނަރީ ބުރުގެ މެޗު ބައްލަވާލެއްވުމަށް ވަޑައިގެންނެވި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ޕެރިސް 2024 އޮލިމްޕިކްސް ކުޅިވަރު މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފްރާންސްގެ ޕެރިހަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޕެރިސް 2024 އޮލިމްޕިކްސް ކުޅިވަރު މުބާރާތް ފެށުމުގެ ކުރިން މި މުބާރާތުގައި ބައިވެރިވާ ދިވެހި ވަފުދާއި ބައްދަލުކުރައްވައި މުބާރާތުގައި ބައިވެރިވާ ދިވެހި އެތުލީޓުންނަށް ހިތްވަރުދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ ޕެރިސް 2024 އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ޓޭބަލް ޓެނިސް، އަންހެން ސިންގަލްސް ޕްރިލިމިނަރީ ބުރުގެ މެޗުގައި ރާއްޖޭގެ ކުޅުންތެރިޔާ ފާޠިމަތު ދީމާ ޢަލީއަށް ހިތްވަރު ދެއްވުމުގެ ގޮތުން އެމެޗު ބައްލަވާލެއްވުމަށް ވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މިދަތުރުފުޅަކީ ފްރާސް ސަރުކާރާއި އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.