ދުނިޔެ

އައި.އެސްއާއި ދެކޮޅަށް ރައްޤާގައި އަސްކަރީ އޮޕަރޭޝަނެއް ފަށައިފި


ސޫރިޔާގެ އަލް-ރައްޤާގައި ހަރަކާތްތެރިވަމުންދާ ސަރުކާރާއި އިދިކޮޅު އައި.އެސް ހަނގުރާމަވެރިންނާއި ދެކޮޅަށް ސޫރިޔާގެ ސަރުކާރުގެ ގުޅިފައިވާ ފައުޖުތަކުން ވަރުދަގަ އަސްކަރީ އޮޕަރޭޝަނެއް ފަށައިފިއެވެ.

ކުރުދީން އިސްވެ، އަރަބި ޓްރައިބްތަކާއި އެމެރިކާގެ އަސްކަރީ ފައުޖުތަކުން ވާގިވެރިވާ ސީރިއަން ޑިމޮކްރެޓިކް ފޯރސަސް، އެސް.ޑީ.އެފުން އިދިކޮޅު އައި.އެސް ޖަމާޢަތްތަކުގެ އަތްދަށުން ރައްޤާ ހިފުމަށް އޮޕަރޭޝަން ފަށާފައިމިވަނީ އެރަށުގެ 40 ކިލޯމީޓަރު ދުރުގައި އޮންނަ އައިން-އިއްސާއިންނެވެ.

އައި.އެސްގެ އަތްދަށަށް އަލް-ރައްޤާ ގެންގޮސްފައިވަނީ 2013 ވަނަ އަހަރުގައެވެ. އައި.އެސްއިން ވަނީ އަލް-ރައްޤާއަކީ ސޫރިޔާގެ ވެރިރަށް ކަމަށް އިއުލާންކޮށްފައެވެ. އެސް.ޑީ.އެފްއިން ދަނީ އެމެރިކާގެ ގުޅިފައިވާ ފައުޖުތަކުގެ ވައިގެ އަސްކަރިއްޔާގެ އެހީތެރިކަމާއި އެކު އައި.އެސްގެ ހަނގުރާމަވެރިންނަށް ރައްދުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

އެސް.ޑީ.އެފް އެލަޔަންސް އަކީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު ކުރުދީންގެ 25 ހާސް އަދި އަރަބި ހަނގުރާމަވެރިންގެ 5 ހާސް މީހުންނާއެކު އުފެއްދި ފައުޖެކެވެ.