ދުނިޔެ

ޙިޒްބުﷲގެ އިތުރު އިސް ކޮމާންޑަރުން ސޫރިޔާއަށް ފޮނުވަނީ


ސޫރިޔާ ސިފައިން އެޤައުމުގެ އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވަނީ - ފައިލް ފޮޓޯ: ޒިންހުއާ

ލުބުނާންގެ ޙިޒްބުﷲ ޖަމާޢަތުގެ ބާރުތައް ސޫރިޔާގައި އިތުރަށް ވަރުގަދަކޮށް ޙިޒްބުﷲގެ އިތުރު އިސް ކޮމާންޑަރުން ސޫރިޔާއަށް ފޮނުވާނެ ކަމަށް އެޖަމާއަތުން ބުނެފިއެވެ.

ޙިޒްބުﷲ ޖަމާޢަތުން މިހެން ބުނެފައިމިވަނީ ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ދިން ޙަމަލާއެއްގައި އެޖަމާއަތުގެ އިސް އަސްކަރީ ކޮމާންޑަރު މުސްޠަފާ ބަދުރުއްދީން މަރުވިތާ ހަފްތާއެއްވީ ދުވަހުއެވެ.

މުސްޠަފާ ބަދުރުއްދީނަކީ ދެއަހަރުގެ ތެރޭގައި މަރާލި ހިޒްބުﷲ ޖަމާޢަތުގެ 4 ވަނަ އިސް ލީޑަރެވެ. ޙިޒްބުﷲ ޖަމާޢަތުން ސޫރިޔާގައި ޙަރަކާތްތެރިވަމުންދަނީ އެޤައުމުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށް އެހީތެރިވުމުގެ ގޮތުންނެވެ. ބަދުރުއްދީންއަކީ ސޫރިޔާގައި ޙިޒްބުﷲ އިން ހިންގަމުންދާ އޮޕަރޭޝަންތައް ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވި ފަރާތްކަމަށް އެމެރިކާއިން ބުނެއެވެ.