ޚަބަރު

"ފްރެޝް ހައެއް" ދޯނި ދުއްވި މީހާ މަސްތުވާތަކެއްޗަށް ޕޮޒިޓިވް


ސުނާމީބިނާ މައިޒާންގެ ރެއިލިންގައި ޖެހުނު ދޯނި ދުއްވަން އިން މީހާގެ ކުޑަކަމުދާ ތަކެތި މަސްތުވާ ތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ދޯނި ދުއްވަން އިން މީހާއަކީ އެއްވެސް ގޮތަކަށް ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫންކަމަށާއި، އޭނާގެ ފަރާތުން މިފަދަ މައްސަލަތައް ތަކުރާރުވެފައިވާކަމަށެވެ. އަދި އޮންނަ އުސޫލްގެ މަތިން އޭނާ މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިނުވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މިއަދު  ހެނދުނު 10:30 ހާއިރު، ފްރެޝް ހައެއް ނަމަކަކަށް ކިޔާ މި ދޯނި، ދެކުނުފަރާތު ފަޅުން ވަނުމުގެ ތެރޭގައި ސުނާމި މައިޒާނުގެ ބޭރު ޗެންޗޭނުގަނޑުގައި ޖެހި، އެތަނުގެ 25 ވަރަކަށް ފޫޓު ހަލާކުވެފައިވެއެވެ..