ޚަބަރު

ހުޅުމާލެ މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި އިތުރު މީހަކު ތަހުޤީޤު ނިމެންދެން ބަންދަށް


  • މިމައްސަލައިގައި ފުލުހުން މިހާތަނަށް 2 މީހަކު ހައްޔަރުކޮށްފައިވޭ

މިމަހުގެ 8 ވަނަ ދުވަހު ހުޅުމާލެ ފޭސް-އެކެއްގައި ހިނގި މާރާމާރީއާއި ގުޅިގެން ހައްޔަރު ކުރި ދެވަނަ މީހާ ތަހުޤީޤު ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މިމައްސަލާގައި އިއްޔެ 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ތަހުޤީޤު ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށެވެ.

މިމައްސަލައިގައި ފުލުހުން ވަނީ 22 އަހަރުގެ ފިރިހެނަކުވެސް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ. މިމީހާގެ ބަންދަށްވެސް 15 ދުވަސް ވަނީ ޖަހާފައެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށެވެ.