ދުނިޔެ

ރޯނު ތޫފާނުގެ އަސަރު އިންޑިޔާގެ ބައެއް ސަރަހައްދުތަކަށް


ރޯނު ތޫފާނުގެ ސަބަބުން އިންޑިޔާގެ އޮޑިޝާ ސްޓޭޓްގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހި މީހުންނަށް ބޭރަށް ނިކުމެ ނޫޅެވޭވަރުވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ބޯވާރޭގެ ސަބަބުން މި ސަރަހައްދުގައި ދުއްވާ ވެހިކަލްތަކުގެ އަދަދު މަދުވެފައިވާއިރު، މާރުކޭޓުގެ ބޮޑު ބައެއްވެސް ވަނީ ބަންދުކޮށްފައެވެ.

އިންޑިޔާގެ މިހިސާބަށް ކުރިޔަށް އޮތް ބާރަވަރަކަށް ގަޑިއިރު ތޫފާންގެ އަސަރުކުރާނެ ކަމަށް އިންޑިޔާގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވެއެވެ. އަދި މަސްވެރިންނާ އެހެންވެސް ފަރާތްތަކުން މި މުއްދަތުގައި ކަނޑު މަށްޗަށް ނޭރުމަށްވެސް ކަމާބެހޭ އިދާރާތަކުން އަންގާފައިވެއެވެ. އަދި ގަދަވަޔާ ބޯވިއްސާރައިގެ ސަބަބުން ވެއްޓިފައިވާ ގަސްތައް ނަގާ މަގުތައް ސާފުކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ތޫފާނުގެ އަސަރު އިންޑިޔާގެ އަންދްރަޕްދޭޝްގެ ދެކުނު ހިސާބުތަކަށްވެސްކޮށް އެ ސަރަހައްދުތަކަށްވެސް ބޯކޮސް ވާރޭ ވެހެމުންދާކަމަށް ޚަބަރު ލިބެއެވެ. އަދިގަސްތައް ވެއްޓުމާ އެހެންވެސް ބަޔެއް ގެއްލުންތައް އެ ސަރަހައްދަށް ލިބިފައިވެއެވެ.

 ދެކުނު އިރުމަތީ އޭޝިޔާގެ ބަޔެއް ޤައުމުތަކަށް ކުރިމަތިވެފައިވާ ރޯނު ތޫފާނުމިހާރު ދަތުރު ކުރަމުން ދަނީ ބަންގްލާދޭޝްއާ ދިމާލަށް ކަމަށް ޚަބަރުލިބެއެވެ.