ޚަބަރު

ޑި ބްރޭނާ ސިޓީ ދޫކޮށްލާކަށް ނޫޅޭ: ގާޑިއޯލާ


މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި މެންޗެސްޓާ ސިޓީގެ ބެލްޖިއަމް މިޑްފީލްޑަރު، ކެވިން ޑި ބްރޭނާ އެ ކްލަބް ދޫކޮށްލުމަށްފަހު ސައުދީ އަރަބިއްޔާއަށް ބަދަލުވާން އުޅޭކަމަށް ދެކެވޭ ވާހަކަތައް އެ ޓީމުގެ ކޯޗު، ޕެޕް ގާޑިއޯލާ ދޮގުކޮށްފިއެވެ.

އެމެރިކާގެ ނޯތު ކެރޮލައިނާގެ ސްޓޭޓް ޔުނިވާސިޓީގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ގާޑިއޯލާ ވަނ،ީ ސިޓީ ދޫކޮށްލާފަ ޑި ބްރޭނާ އެހެން ޓީމަކަށް ބަދަލުވާން އުޅޭކަމަށް ދެކެވޭ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ބުނެފައެވެ.

"ކެވިން ނޫޅޭ ދާކަށް،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނ،ީ ސިޓީގައި މިހާރު އޮތް ސްކޮޑާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއ،ި ޓްރާންސްފާ ބާޒާރުގައި އެ ޓީމުގެ ކުޅުންތެރިއަކު ދޫކޮށްލައިފިނަމަ ބަދަލުގައި އެހެން ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

އަދި ޖުމްލަކޮށް ބުނާ ނަމަ، މިހާރުގެ ސްކޮޑަށް މާބޮޑު ބަދަލެއް ނާންނާނެ ކަމަށާއ،ި ގާތްގަނޑަކަށް 95-85 އިންސައްތައާ އެއްވަރަށް މިހާރުގެ ކުޅުންތެރިން ތިބޭނެ ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.

މީގެއިތުރުން، ގާޑިއޯލާ ވަނ،ީ އެ ކްލަބަށް ނުހަނު ގިނަ ކުޅުންތެރިން އަންނަން ޝައުގުވެރިވާ ނަމަވެސް، ކުލަބުތަކާއެކު އެއްބަސްވުމަކަށް އާދެވޭގޮތްނުވުމުން އެފަދަ ޓްރާންސްފާތައް ކުރިއަށްދާގޮތެއްނުވި ކަމަށް ބުނެފައެވެ.

ސިޓީން މިދިޔަ އަހަރުތަކުގައި ހޯދީ ގިނަ ކާމިޔާބީތަކުގެ ހިއްސާ ބޮޑު، ޑި ބްރޭނާ މީގެކުރިން ވަނ،ީ އެހެން ކުލަބަކަށް ބަދަލުވެދާނެ ފަދަ އިޝާރާތެއް ދީފައެވެ. ސިޓީ އާއެކު ޑި ބްރޭނާ ހަދާފައިވާ އެއްބަސްވުން ހަމަވާނީ ކުރިއަށް އޮތް އަހަރުގެ ޖޫން މަހުގައެވެ.

އައު ސީޒަނުގެ ލީގުގައި ސިޓީ ކުޅޭ ފުރަތަމަ މެޗުގައި އަންނަ އޮގަސްޓް މަހުގެ 18 ވަނަ ދުވަހު ނިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.