ޚަބަރު

ރޮޑްރީ އާއި މޮރާޓާގެ މައްސަލައިގައި ޔުއެފާއިން އަދަބުދޭން ނިންމައިފި


ސްޕެއިނުން ޔޫރަޕްގެ ޗެމްޕިއަންކަން ހަތަރުވަނަ ފަހަރަށް ކާމިޔާބުކުރުމަށްފަހު ބޭއްވި އުފާ ފާޅުކުރުންތަކުގެ ތެރޭގައި ޖިބްރޯލްޓާއާ ގުޅޭގޮތުން، އެ ޓީމުގެ ކެޕްޓަން، މޮރާޓާ އާއި މިޑްފީލްޑަރު، ރޮޑްރީ ދެއްކި ވާހަކަތަކާ ގުޅިގެން އެ ކުޅުންތެރިންނަށް އަދަބުދޭން ޔުއެފާ އިން ނިންމައިފިއެވެ.

އެގޮތުން، ޔުއެފާ އިން ބުނީ، އެ މައްސަލައިގައި ރޮޑްރީ އާއި މޮރާޓާ އަށް އަދަބުދޭން ނިންމާފައިވަނީ، ސުލޫކީ މިންގަނޑުގެ އެންމެ އަސާސީ ގަވާއިދުތަކާ ހިލާފުވުމުން ކަމަށެވެ.

އަދި އެ މައްސަލައިގައި އެ ދެ ކުޅުންތެރިންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެތެރޭގައ،ި ފުޓްބޯޅައަށާއި، ޔުއެފާގެ އަބުރަށް ހުތުރުވާ ފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުން ހިމެނޭކަމަށެވެ.

ޔޫރޯގެ ތަށި ކާމިޔާބުކުރުމަށްފަހު، މޮރާޓާ އާއި ރޮޑްރީ ވަނީ އުފާ ފާޅުކުރުމުގެ ތެރެއިން، "ޖިބްރޯލްޓާ އަކީ ސްޕެއިނުގެ ބައެއް" މިފަދަ ގޮތަކަށް އިބްރާތްތަކެއް ބޭނުންކޮށްގެންލަވައެއް ކިޔައިފައެވެ.

ސްޕެއިނުގެ ދެކުނު ބިތުގައި އިންވާ ގޮތަށް އޮންނަ ޖިބްރޯލްޓާ އަކީ 18 ވަނަ ގަރުނުން ފެށިގެން އިނގިރޭސިންގެ ބާރުގެ ދަށުގައި އޮތް ތަނެކެވެ. އެކަމަކު ޒަމާނުއްސުރެ ސްޕެއިނުން ބުނަނީ އެއީ އެ ގައުމަށް ނިސްބަތްވާ ތަނެއް ކަމަށެވެ.

ޔުއެފާއިން ބުނ،ީ މި މައްސަލައިގައި އެ އިދާރައިގެ ޑިސިޕްލިނަރީ ބޮޑީން ފަހުގެ ތާރީހެއްގައި ގޮތެއް ނިންމާނެ ކަމަށާއ،ި ކުރިއަށް ސެޕްޓެމްބަރު މަހުގައި ކުޅުމަށް ސްޕެއިނުގެ ކުޅުންތެރިންގެ މި އަމަލުތައް ކުށްވެރިކޮށ،ް ޖިބްރޯލްޓާގެ އެފްއޭ އިން ވަނީ ޔުއެފާ އަށް މައްސަލަ ހުށަހަޅާފައެވެ.

ހަމަޖެހިފައިވާ ނޭޝަންސް ލީގުގެ މެޗުތަކުން އެ ދެ ކުޅުންތެރިން ސަސްޕެންޑް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.