ޚަބަރު

މާފުށި ޖަލަށް ފޯނުތަކެއް އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފި


މާފުށި ޖަލަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މޮބައިލް ފޯނާއި އެހެނިހެން ބައެއްތަކެތި ފުލުހުން އަތުލައިގެންފިއެވެ. 

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މިތަކެތި އަތުލައިގެންފައިވަނީ މާލެއިން މާފުށްޓަށް ބަންދު މީހުން ގެންދާ ފެރީގެ ތެރެއިންކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. އަދި މިތަކެތި މާފުށީ ޖަލަށް ގެންދިއުމަށްޓަކައި ބަންދުކޮށްފައި ހުރީ ލަކުޑި ޕެލެޓްތަކެއްގެ ތެރޭގައި ލަކުޑިގަނޑު ކަނޑައިގެން އެލަކުޑިގަނޑުގައި ބަންދުކޮށްގެން ގެންދާ ގޮތަށްކަމަށް ފުލުހުން ވިދާޅުވެއެވެ.

img:http://s1.psmnews.mv/images/660x400/14636828375264.jpg|ފޯނުތައް އެތެރެކުރަން މަސައްކަތްކޮށްފައިވަނީ ލަކުޑި ޕްލެޓްތަކެއްގައި ފޮރުވައިގެން / ފޮޓޯ: ޕޮލިސް މީޑިއާ

ފުލުހުން ވިދާޅުވީ އަތުލައިގަތް ތަކެތީގެ ތެރޭގައި 44 މޮބައިލް ފޯނުގެ އިތުރުން 36 ޗާޖަރާއި، 26 ސިމްކާޑާއި، 6 ހެޑް ސެޓާއި 4 ކާޑް ރީޑާރ އާއި 1 ޔޫއެސްބީ ކޭބަލްގެ އިތުރުން 4 އަތަރު ފުޅި ހިމެނޭކަމަށެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ އިތުރަށް ތަަހްޤީގްކުރަމުންދާކަމަށެވެ.