ޚަބަރު

ހުޅުދޫގައި ފެނުގެ ނިޒާމް ޤާއިމްކޮށް ނިމިއްޖެ


އައްޑުސިޓީގެ ރަށްތަކުގައި ފެނުގެ ނިޒާމް ޤާއިމްކުރެއްވުމުގެ މަޝްރޫޢުގެ ދަށުން އެއަތޮޅު ހުޅުދޫގައި ކުރިއަށް ގެންދިޔަ މަސައްކަތް ނިމިފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. 

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނިމާލު ވިދާޅުވީ ހުޅުދޫގެ ރައްޔިތުންނަށް ފެނުގެ ނިޒާމްގެ ޚިދުމަތް ވަރަށް އަވަހަށް ދެވިގެންދާނެކަމަށެވެ. އަދި އޯގަސްޓްމަހުގެ ތެރޭގައި އެއަތޮޅު މީދުގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމްގެ މަސައްކަތް ނިންމާލެވޭނެކަމަށް ނިމާލް ވިދާޅުވިއެވެ. ސ. ފޭދޫގައި ފެނުގެ ނިޒާމްގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށާއި މިހާރު ކުރަމުންދަނީ މީޓަރ ހަރުކުރުމުގެ މަސައްކަތް ކަމަށްވެސް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އައްޑޫސިޓީގެ ހުރިހާ ރަށެއްގައި ފެނުގެ ނިޒާމް ޤާއިމްކުރުމަށްޓަކައި ކުރަމުންދާ މަސައްކަތް ނިންމާލެވި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެވިގެންދާނެކަމަށް ފެނަކައިން ބުނެއެވެ.