ޚަބަރު

ވިއްސާރައިގެ ސަބަބުން ތިމަރަފުށީގައި ފެންބޮޑުވެއްޖެ


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ތިމަރަފުށީގައި ފެންބޮޑުވެ، އެރަށުގެ 70 ގެއަކަށް ގެއްލުންތަކެއްވެއްޖެ. 

ތިމަރަފުށީ ކައުންސިލުން ވިދާޅުވީ ގޭގެއަށް ފެން ވަނުމުގެ ސަބަބުން ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުންވެފައިވާކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށް ކައުންސިލުން ވިދާޅުވިއެވެ. އަދި އެމްއެންޑީއެފާއި ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ޓީމެއް މިހާރު އެރަށުގައި ހަރަކާތްތެރިވަމުންދާކަމަށްވެސް ކައުންސިލުން ވިދާޅުވިއެވެ. 

img:http://s1.psmnews.mv/images/660x400/14636726837573.jpg|ތިމަރަފުށީގައި ފެން ހިއްކުމުގައި ޓީމްތައް ހަރަކާތްތެރިވަނީ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ތިމަރަފުށީގެ އިތުރުން އެއަތޮޅު ހިރިލަންދޫ، އާއި ވޭމަންޑޫ، ވަންދޫ، އޮމަދޫ އަދި މަޑިފުށީގައިވެސް ވިއްސާރައިގެ ސަބަބުން ވަނީ ފެންބޮޑުވެފައެވެ. އަދި އެރަށްރަށުގައިވެސް ފުލުހުންނާއި ސިފައިންގެ އިތުރުން ކަމާއި ބެހޭ މުއައްސަސާތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ.