ޚަބަރު

ހުޅުމާލޭގައި މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރީޢަތް ނިމެންދެން ބަންދަށް


  • މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެއް

  • އޭނާ ބަންދުގައި ބަހައްޓައިގެން ޝަރީޢަތްކުރިއަށްގެންދިޔުމަށް އަމުކުރީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން

ހުޅުމާލޭގައި ހިންގި މާރާމާރީއާއި ގުޅިގެން ހައްޔަރުކުރި މީހާ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހުޅުމާލޭ ފޭސް އެކެއްގައި ހިންގި މާރާމާރިއަކާއި ގުޅިގެން ހައްޔަރު ކުރި ޢުމުރުން 22 އަހަރުގެ މީހާގެ ބަންދާއި މެދުގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރީޢަތް ނިމެންދެން އޭނާ ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.

މިމަހުގެ 8 ވަނަ ދުވަހު ހިންގި މިމާރާމާރީއާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ފުލުހުން ވަނީ މި މާރާމާރީގެ މައްސަލަ ތަހުޤީޤު ކުރަމުން އަންނަކަމަށް ވިދާޅުވެފައެވެ.