ހުޅުމާލެ ފޭސް އެކެއްގައި ހިންގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ޖުލައި 8 ވަނަ ދުވަހު ހިންގި މާރާމާރިއާ ގުޅިގެން އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެމީހާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވަނީ މި މާރާމާރީގެ މައްސަލަ ތަހުޤީޤު ކުރަމުން އަންނަކަމަށް ވިދާޅުވެފައެވެ.