ދުނިޔެ

ޤާހިރާއަށް ދަތުރުކުރަމުންދިޔަ މަތިންދާބޯޓެއް ގެއްލިއްޖެ


ޕެރިހުން ފުރައިގެން ޤާހިރާއަށް ދަތުރުކުރަމުންދިޔަ އިޖިޕްޓް އެއަރގެ މަތިންދާބޯޓެއް މިސްރުގެ ވައިގެ ސަރަޙައްދަށް ވަނުމުގެކުރިން ގެއްލިއްޖެއެވެ.

އިޖިޕްޓް އެއަރގެ އޮފިޝަލަކު ވިދާޅުވީ ރޭ 11:09ގައިފުރި އީޖިޕްޓް އެއަރގެ މަތިންދާބޯޓު MS804 ގެއްލިފައިވާކަމުގައެވެ.

ސީ.އެން.އެން އިން ޚަބަރުދޭގޮތުގައި މިބޯޓުގައި 56 ފަސިންޖަރުންނާއި 10 ފަޅުވެރިން ދަތުރުކޮށްފައިވެއެވެ. އިޖިޕްޓް އެއަރގެ ޓްވިޓަރއެކައުންޓްގައި ފަހުން ބުނެފައިވާ ގޮތުގައި ބޯޓުގެއްލިގައިވަނީ މިސްރުގެ ވައިގެސަރަޙައްދާ 80 މޭލު ދުރުގައި ވަނިކޮން ކަމަށެވެ. ބޯޓު ގެއްލިފައިވަނީ މިސްރުގަޑިން 2:45 އެހާކަންހާއިރުއެވެ.

އެއަރބަސް A320ގެ މި މަތިންދާބޯޓު އެންމެ ފަހުން  އުދުހުނުކަން އެނގިފައިވަނީމެޑިޓަރޭނިއަން ކަޑުގެ މަތިން ކަމަށް ޚަބަރުތައް ބުނެއެވެ.