ޚަބަރު

ގެއެއްގައި އަލިފާން ރޯވެ ދުމުގެ އަސަރުކޮށްގެން 4 މީހުންނަށް ފަރުވާދެނީ


  • މިހާރު ވަނީ އަލިފާން ނިއްވާލާފައި

  • ދުމުގެ އަސަރު އެ ސަރަޙައްދަށް ވަނީ ވަރަށް ބޮޑަށް ކޮށްފައި

މާލޭގައި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދުމުގެ އަސަރުކޮށްގެން 4 މީހުންނަށް ފަރުވާދިނުމަށް އައިޖީއެމްއެޗްއަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާނުގެ ޙާދިސާ ހިނގީ މ. އެންޒިއަން ކިޔާ ގޭގައިކަމަށެވެ. ނަމަވެސް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުއިން ކުރި މަސައްކަތުން މިހާރު ވަނީ އަލިފާން ނިއްވަލާފައެވެ. މި ޙާދިސާއާއި ގުޅިގެން ދުމުގެ އަސަރުކޮށްގެން، ފަރުވާދިނުމަށް 4 މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އިތުރު ތަފްޞީލެއް ދެއްވާފައެއްނުވެއެވެ. \

އެމްއެންޑީއެފުން ވިދާޅުވީ، އަލިފާން ނިއްވާލިނަމަވެސް، އެސަރަހައްދަށް ވަރަށް ބޮޑަށް ދުމުގެ އަސަރުކޮށްފައިވާކަމަށެވެ.