ޚަބަރު

ޤައިދީންނަށް ހިންގެވި 4 ކޯހެއްގެ ނިންމާ، ސެޓްފިކެޓް ހަވާލުކޮށްފި


ކަރެކްޝަނަލް ސަރވިސްއިން މާފުށީ ޖަލުގައި ތިބޭ ޤައިދީންނަށް ހިންގެވި 4 ކޯހެއްގެ ދަސްވެނިންނަށް ސެޓްފިކެޓް ދީފިއެވެ. 

މާފުށީޖަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސެޓްފިކެޓް ހަވާލުކޮށްފައިވަނީ އަތްތެރި މަސައްކަތުގެ ސެޓްފިކެޓް 2 ލެވެލްގެ ކޯހަކާއި ފަހަން ދަސްކޮށްދިނުމުގެ ސެޓްފިކެޓް އެކެއް ލެވެލްގެ ކޯހެއްގެ އިތުރުން ޤާރީ ކޯހުގެ ސެޓްފިކެޓް ލެވެލް އެކެއް އަދި ދޭއް ނިންމި ޤައިދީންނަށެވެ. މި ހަތަރު ކޯހުން ޖުމްލަ 66 ޤައިދީން ވަނީ ދަސްވެނިވެ ސެޓްފިކެޓް ހާސިލްކޮށްފައެވެ. 

މިރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ކުޑަހުވަދޫ ދާއިރާގެ މެމްބަރ އަހުމަދު އާމިރު ވިދާޅުވީ ކުށްވެރިންނަށް، އެމީހުން އަނބުރާ މުޖުތަމަޢަށް ނުކުމެ ދިރިއުޅުމުގެ ހައްޤު އޮންނަ ކަމަށެވެ. އަދި އެގޮތަށް އަނބުރާ ނުކުންނަ މީހުންނަކީ މުޖުތަމަޢުގައި އިޙްތިރާމާއިއެކު އުޅެވޭނެ ބަޔަކަށް ހެދުމަށް ކަރެކްޝަނަލް ސަރވިސްއިން ގިނަ މަސައްކަތްތަކެއް ކުރައްވާކަން އާމިރު ފާހަގަކުރެއްވިއެވެ. އާމިރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ވެސް، ކުށްވެރިންނަށް ބޮޑެތި އަދަބުތަކެއް ދިނުމުގެ ބަދަލުގައި މުޖުތަމަޢަށް ފައިދާކުރާނެ ފަދަ ގޮތަކަށް އެމީހުން ރިހެބިލިޓޭޓް ކުރުން ކަމަށެވެ.

ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި، މިހާރު ރާއްޖެވަޑައިގެން އުޅުއްވާ މެލޭޝިޔާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޕްރިޒަންސް ދާތުކް ވީރާ ހާޖީ ޒުލްކިފްލި ބިން އޮމަރް ވަނީ ބައިވެރިވެވަޑައިގެން ކަރެކްޝަނަލް ސަރވިސުން ވަނީ 4 ފިޔަވައްސަކަށް ބަހާލާފައިވާ، އެ ސަރވިސްގެ ރިހެބިލިޓޭޝަން ފްރޭމް ވަރކް އިފްތިތާހްކޮށްދެއްވާފައެވެ.