ޚަބަރު

ވިލިނގިލީ އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖެހި މީހާގެ ބަންދަށް 7 ދުވަސް


  • މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެއް

  • މިމައްސަލައިގައި ހިމެނޭ 46 އަހަރުގެ އަންހެން މީހާއަށްވަނީ ހޮސްޕިޓަލުގައި ފަރުވާދީފައި

ގއ.ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖެހި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 7 ދުވަސް ޖަހާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ގއ.ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހައިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމާރާމާރީ ހިންގި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެކޯޓުން އޭނާ 7 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.

މިމާރާމާރީގައި އަނިޔާވި 46 އަހަރުގެ އަންހެން މީހާއަށް ގއ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހުވަނީ ދޫކޮށްލާފައެވެ.

ފުލުހުންވަނީ މިމައްސަލަ ތަޙުގީގުކުރަމުންދާކަމަށް ވިދާޅުވެފައެވެ.