މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ، އެމްއެންއެސްޑީއޭ އާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީ ކުރުމާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން އެމަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށ،ް ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ޤައުމީފެންވަރުގައި ހުޅުވާލުމަށް ހިންގާ ޕްރޮގްރާމެކެވެ.
މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީ ކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ މިޕްރޮގްރާމްގެ ދަށުން ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ސެޓްފިކެޓް ލެވެލް 3ގެ ތަމްރީންތައް ކަމަށެވެ. ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން މަސައްކަތް ދަސްކުރާ ޕްރޮގްރާމަކަށްވާތީ މިޕްރޮގްރާމުގެ ދަށުން ހިންގާ ތަމްރީނުތަކުގައި ބައިވެރިވާ ފަރާތްތައް އިޚްތިޔާރުކުރާނީ ތަމްރީނުތައް ލިބެންހުރި ދާއިރާތައް ޢާންމުކޮށް އިޢުލާނުކުރުމަށްފަހ،ު އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަސައްކަތު މާހައުލުގައި ތަމްރީނު ފުރިހަމަކުރުމަށް ބޭނުންވާ މުއްދަތުގައި ތިބެވޭނެ ފަރާތްތައް ބަލައިގެން ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
މިޕްރޮގްރާމުގެ ތަމްރީނުތައް ފެށުމުގެ ކުރިން ބައިވެރިންނަށް އޮރިއެންޓޭޝަން ސެޝަނެއް ކުރިއަށް ގެންދާނެއެވެ. މި އޮރިއެންޓޭޝަން ސެޝަނުގައި މުޅި ޕްރޮގްރާމު ހިންގުމަށް ރާވާފައިވާ ގޮތާއ،ި ހާސިލްކުރަންޖެހޭނެ ހުނަރުތަކާއި، ފަރިތަކުރަންޖެހޭ ކަންކަމާއ،ި ތަމްރީންވުމުގެ މުއްދަތުގައި އުޅެންޖެހޭނެ މާހައުލާއި ބެހޭ މައުލޫމާތުދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީ ކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ތަމްރީނު ހޯދުމަށް ދަރިވަރުން ފޮނުވާނީ އެ ތަމްރީނަކާއި ގުޅޭ މަސައްކަތްކުރާ ތަނަކަށް ކަމަށާއި، މަސައްކަތް ދަސްކޮށްދިނުމުގައި ހަރަކާތްތެރިވާނީ އެތަންތަނުގައި މަސައްކަތްކުރާ ތަޖުރިބާކާރުން ނުވަތަ ސުޕަވައިޒަރ ފެންވަރުގެ އިސް މުވައްޒަފުންނެވެ. އަދި ތަމުރީނު ދިނުމަށް ބޭނުންވާ މާހައުލުގައި ޤާބިލް މުވައްޒަފެއް ނެތްނަމ،ަ ތަމްރީނުދޭ ފަރާތެއްގެ ގޮތުގައި އެމްއެންއެސްޑީއޭގައި ދަފްތަރުކޮށްފައިވާ ޓިވެޓް އިންސްޓިޓިއުޓްތަކުގެ އެހީތެރިކަން ހޯދިދާނެ ކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.
ތަމްރީންތައް ކުރިއަށްދަނީ ނެޝަނަލް ކޮމްޕިޓެންސީ ސްޓޭންޑާރޑްގައި ހިމެނޭ ގޮތަށް ކުރިއަށްދާ ތަމްރީންތަކެއްކަން އެމްއެންއެސްޑީއޭއިން ކަށަވަރުކުރާނެއެވެ.
މަސައްކަތްތެރިކަމުގެ ދާއިރާގެ ތަމްރީނު ހޯދުމަށް ޝައުޤުވެރިވާ ހުރިހާ އުމުރެއްގެ ދިވެހީންނަށް
މަސައްކަތްތެރިކަމުގެ ދާއިރާއިން ސަރުކާރު ޤަބޫލުކުރާ ފެންވަރުގެ ތަމްރީނު ހޯދުމުގެ ފުރުޞަތު
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައިވަނީ ހުޅުވާލާފައެވެ.
ޕޮލިޓެކްނިކުން މިހާރުވެސް ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ކުލަބު ޖަމިއްޔާ ޖަމާއަތްތަކާއި ގުޅިގެން ތަފާތު އެކި ދާއިރާތަކުން ކޯސްތައް އަންނަނީ ހިންގަމުންނެވެ. އަދި ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުންވެސް ޕޮލިޓެކްނިކްގެ
އެހީގައި އަތޮޅުތެރޭގެ ރަށްރަށުގައި ކޯސްތައް ކުރިޔަށްގެންދިއުމުގެ ފުރުސަތު ކައުންސިލްތަކާއި ޖަމިއްޔާ
ޖަމާޢަތްތަކަށްވެސް ހުޅުވާލާފައިވާ ކަމަށްވެސް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީ ކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މޯލްޑިވްސް ޕޮލިޓެކްނިކުން އެމްއެންއެސްޑީއޭގައި 30 ޕްރޮގްރާމެއް ރަޖިސްޓަރީ ކޮށްފައިވެއެވެ. އޭގެތެރޭގައި ސެޓްފިކެޓް ލެވެލް 3ގެ 25 ޕްރޮގްރާމާއި ސެޓްފިކެޓް ލެވެލް 4ގެ ތިން ޕްރޮގްރާމާއި، އަތްތެރި މަސައްކަތުގެ ޤައުމީ ސެޓްފިކެޓާއި ސެޓްފިކެޓް ލެވެލް 1 ހިމެނެއެވެ.