ބެންކު އޮފް ޗައިނާއާއެކު އޮންނަ ގުޅުންތައް ވަރުގަދަކުރުމަށް ރާއްޖެއިން މަޝްވަރާކޮށްފިއެވެ.
ޗައިނާގެ އެންމެ ބޮޑު އެއް ބޭންކުކަމަށްވާ، ބެންކު އޮފް ޗައިނާއާއެކު ރާއްޖެއިން މަޝްވަރާތައް ބޭއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވީ ބެންކު އޮފް ޗައިނާގެ ސީނިއަރ އެގްޒެކްޓިވުންނާއި ބައްދަލުކޮށްފައިވާކަމަށެވެ. އަދި މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
Following the two leader’s meetings held during the state visit of President Dr @MMuizzu to China, today I met
— Mohamed Saeed (@em_saeed) June 27, 2024
the senior executives of Bank of China to explore ways in strengthening cooperation between China & the Maldives @China_Amb_Mdv @MoEDmv pic.twitter.com/67agYdaOGh
ބެންކު އޮފް ޗައިނާގެ އިސް ބޭފުޅުންގެ އިތުރުން، ވަޒީރު ސައީދު ވަނީ ޗައިނާ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބެންކު، އައިސީބީސީގެ ސީނިއަރ އެގްޒެކްޓިވުންނާއިވެސް ބައްދަލުކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި އެ ބޭންކާއި ގުޅިގެން ކުރިއަށް އޮތްތަނުގައި މަސައްކަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ބެންކު އޮފް ޗައިނާއާއި އައިސީބީސީގެ އިސް ބޭފުޅުންގެ އިތުރުން، ވަޒީރު ސައީދު ވަނީ ޗައިނާގެ މިނިސްޓަރ އޮފް ކޮމާސްއާވެސް ބައްދަލުކުރައްވާފައެވެ.
Had a constructive meeting with Minister of Commerce of PRC.Reflected on the meeting between President Xi Jingping & Pres Dr @MMuizzu & discussed options for deepening trade & investment
— Mohamed Saeed (@em_saeed) June 25, 2024
co-operation between our two countries 🇲🇻🇨🇳@MoEDmv @presidencymv @MFA_China @China_Amb_Mdv pic.twitter.com/9k3tpEi2dA
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ ރައީސް ޝީ ޖިން ޕިންއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވި ކަންކަމަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދެ ޤައުމުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިކަމަށް ވަޒީރު ވިދާޅުވިއެވެ.