ޚަބަރު

އައްޑޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ


  • މަރުވެފައި އޮއްވާ ފެނުނީ ނޭޕާލު މީހަކު

  • މިމީހާ ގެއްލިގެން ހޯދަން ފެށީ ހެނދުނު

  • ގެއްލިގެން ހޯދަމުންދިޔަ މީހާ މޫދުގައި އޮއްވާ ފެނިގެން ފުލުހުންނަށް އެނގީ 0940 ހާއިރު

  • ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައި

އައްޑޫ ސިޓީގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މަރުވެފައި އޮއްވާ ފެނުނީ ނޭޕާލު މީހެކެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އައްޑޫ ސިޓީ ފޭދޫގައި ދިރިއުޅޭ ބިދޭސީއަކު މިއަދު ހެނދުނު ކުނި އުކާލުމަށް ދިޔަފަހުން ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް އޭނާ ފެނިފައިވަނީ މޫދުގައި އޮއްވާކަމަށެވެ. އޭނާ ފެނިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 09:40 ހާއިރުކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

ފުލުހުން ވިދާޅުވީ، އެމީހާ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ސިއްޙި މަރުކަޒުން މަޢުލޫމާތު ދީފައިވާކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ލިބިފައިނެތްކަން ފާހަގަކުރެވިފައިވާކަމަށް ޑޮކްޓަރުން މަޢުލޫމާތު ދެއްވާފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިޙާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.