ޚަބަރު

މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވައިފި


މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވައިފިއެވެ. މިޖަލްސާ ބާއްވާފައިވަނީ މިއަދު ހަވީރު ޣިޔާސުއްދީން ސްކޫލްގައެވެ. img:http://s2.psmnews.mv/images/660x400/14632387918512.jpg|ކުޑަކުދިންގެ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

ކޮންމެ އަހަރެއްގެ މޭމަހު 10 ވަނަ ދުވަސް ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިއާރަކީ "އުފާވެރި ކުދިން، އުފާވެރި އާއިލާ، އުފާވެރި މުޖުތަމައު" އެވެ. ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި މި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ހާރިޖީ ވަޒީރު ދުންޔާ މައުމޫންއެވެ. މި ޖަލްސާގައި ވާހަކަދެއްވި ޖަމާލުއްދީން ދަރިވަރެއްކަމުގައިވާ މުހައްމަދު ރިޔާޝް އަބްދުލްމަޖީދު ބުނީ އެހެން ޤައުމުތަކާއަޅާ ބަލާއިރު ރާއްޖޭގައި ތިބި ކުދިންނަކީ ނަސީބުވެރި ކުދިންތަކެއް ކަމަށެވެ. އެހެންކަމުން އެ ނަސީބުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށް އޭނާ އިލްތިމާސްކުރިއެވެ. img:http://s4.psmnews.mv/images/660x400/14632388133991.jpg|ކުޑަކުދިންގެ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

ތަފާތު މައުޟޫޢުތަކަށް ސްކޫލް ކުދިން ވާހަކަދައްކާފައިވާއިރު، އެ ސްކޫލްތަކުގެ ކުދިންވަނީ އެކިއެކި ހަރަކާތްތައްވެސް ހުށައަޅާދީފައި. މީގެ އިތުރުން ކުޑަކުދިންގެ ޝިއާރާއި ގުޅުވައިގެން ވީޑިއޯ ޕްރެޒެންޓޭޝަނެއް ހުށައަޅާދީފައިވެއެވެ. މިއަދުގެ ޖަލްސާގައި ޚާއްސަ 2 ކަމެއް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. img:http://s2.psmnews.mv/images/660x400/14632388261663.jpg|ކުޑަކުދިންގެ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

އެ 2 ކަންތަކަކީ ކުޑަކުދިންގެ ރައްކާތެރިކަމާއި ގުޅޭ ގޮތުން އާއްމުން ހޭލުންތެރިކުރުވުމަށް ޖެންޑަރ މިނިސްޓްރީ އިން ތައްޔާރުކޮށްފައިވާ 5 ޕޯސްޓަރެއް އިފްތިތާހް ކޮށްދެއްވުމާއި ކުޑަކުދިންގެ ހިޔާގެ ކުދިންގެ އުއްމީދުތަކުގެ މައްޗަށް ތައްޔާރުކުރާ ވާހަކަ ސީރީޒް އިފްތިތާހްކުރުމެވެ. ޕޯސްޓަރާއި ވާހަކަ ސީރޒް އިފްތިތާހްކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހެމާން ހާރިޖީ ވަޒީރު ދުންޔާ މައުމޫންއެވެ.