ޚަބަރު

ނޮޅިވަރަމް ބަނދަރުމަތިން ސައިކަލާއެކު މޫދަށް ވެއްޓުނު މީހާ މަރުވެއްޖެ


ހދ. ނޮޅިވަރަމް ބަނދަރުމަތިން ސައިކަލާއެކު މޫދައް ވެއްޓުނު މީހަކު މަރުވެއްޖެއެވެ،

މި ހާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވީ، ފުލުހުންނަށް ހާދިސާ ރިޕޯޓުކޮށްފައިވަނީ ރޭގެ 21:15 ހާއިރު ކަމަށެވެ. އަދި އޭނާ ނޮޅިވަރަމް ސިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މަރުވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާގައި މަރުވެފައިވަނީ، ހދ. ނޮޅިވަރަމް ގާޑްނިޔާވިލާ، އިލްޔާސް އިބްރާހިމް(32އ)، ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.